ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދާންދޫ ކަަރަންޓީނުން ދެ މީހަކު ޕޮޒިޓިވް

ގއ. ދާންދޫ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް -19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ދާންދޫ ކައުންސިލްގެ ރައީސް، އިސްމާއިލް މުހައްމަދު އަވަސް އަށް މައުލޫމާތު ދެމުން ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ދެމީހުން ކަމަށާއި އެމީހުން ޕޮޒިޓިވްވި ކަން އެނގުނީ ކަރަންޓީނު ނިންމުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.

ޕޮޒިޓިވްވީ މާލެ އިން އެރަަށަށް ދިޔަ އުމުރުން 19 އަހަރުގެ ފިރިހެން ކުއްޖަކާއި 59 އަހަރުގެ އަންހެނެކެވެ. ކައުންސިލުން ބުނީ އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އެ ރަށުގައި ކުރަމުން އަންނަ ކަމަށެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، ގދ. ތިނަދޫން ޕޮޒިޓިވްވި މީހާގެ ކޭހާ އާ ގުޅިގެން ވެސް އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާ ކަމަށާއި މިއަދު ޕޮޒިޓިވްވި ދެ މީހުނަކީ ތިނަދޫ ކޭހާ ގުޅުންހުރި ބައެއް ނޫން ކަމަށެވެ.

ތިނަދޫ ދޯންޏަކުން ޕޮޒިޓިވްވި ދިވެހި މީހާ ވަނީ ބުރާސްފަތި ދުވަހު ދާންދޫގެ ގެއަކަށް ގޮސްފަ އެވެ. އެ ގެ ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އެންމެ ގިިނައީ މާލެ ސިޓީގަ އެވެ. ނަމަވެސް، މި ފަހުން ވަނީ އަތޮޅުތަކުގެ ތެރެއިން ކޭސްތައް ފެންނަ މިންވަރު އިތުރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 7،804 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 29 މީހަކު މަރުވެފައި ވެއެވެ.