ރައީސް މުހައްމަދު ނަޝީދު

"ގައުމު ވިއްކާލާ ކަމަށް ބުނެ އަޅުވަނީ ދޮގު އިލްޒާމެއް"

ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު
0%
0%
0%

ދިވެހި ގައުމު ވިއްކާލަނީ ކަމަށް ބުނެ އިދިކޮޅުން ސަރުކާރުގައި އަޅުވަމުންދަނީ ދޮގު އިލްޒާމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރާއްޖެ އިންޑިއާއަށް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ކުރިޔަށް ދެއެވެ. އެ ކަމަށް އިޝާރާތް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވިއްކާލަނީ ކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. ނަޝީދުގެ ޓްވީޓުގައި އިންޑިއާ ދިފާއުކޮށް މިފަހަރުވެސް ޗައިނާއަށް ފާޑު ވިދާޅުވި އެވެ.

ވިދާޅުވީ ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ސަރުކާރުން "ޑީލް" ތަކެއް ހަދާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ކުރައްވާ ތުހުމަތުތައް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މި ސަރުކާރުން ދަނީ އިންޑިއާއާއި ވަރަށް ހާއްސަ ގުޅުންތަކެއް ބާއްވަމުންނެވެ. އަދި ކުރީ ސަރުކާރުން ޗައިނާއާއެކު ބޭއްވި ގުޅުންތަކަށް އަބަދުވެސް ރައީސް ނަޝީދު ފާޑު ވިދާޅުވަމުން ގެންދަވަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910