ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްޓޫޑަންޓް ލޯން ދެއްކުން ފަސްކޮށްދީފި

Sep 1, 2020

ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށް ދީފި އެވެ. ކުރިން ހަމަ ޖެހިފައި އޮތް ގޮތުން މި މަހުން ފެށިގެން ލޯން ދައްކަން ފަށަން ޖެހެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް ފައިވުމާއެކު އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެ ކަމަށް ބެލެވޭތީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރު ކޮށްފައިވާ އޮތް އޮތުން މި އަހަރުގެ ނިޔަލަށް ފަސް ކޮށްފައިވާ ކަމަށެވެ.

ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން 4،000 ވުރެ ގިނަ ދަރިވަރުންނަށް ވަނީ ލޯން ދޫކޮށްފަ އެވެ.

މީގެ އިތުރުން ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދެއްކުން ފަސް ކުރަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ވަނީ ނިންމާފަ އެވެ.