ވިޔަފާރި

ފަސްމީރު ދަޅުމަހުގެ ހެޔޮ އަގު މިއަހަރުގެ ނިޔަލަށް

Sep 1, 2020

މިފްކޯގެ "ފަސްމީރު" ދަޅު މަހުގެ އަގަށް މާޗް މަހު ގެނައި ބަދަލު، މި އަހަރު ނިންމެންދެން ބޭއްވުމަށް ނިންމައިފި އެވެ.

މިފްކޯއިން ބުނި ގޮތުގައި ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ގިނަ ބައެއްގެ މާލީ ހާލަތު ދަށް ވެގެން ދިއުމުގެ ސަބަބުން މަސް ދަޅުގެ އަގަށް ގެނައި ހެޔޮ ބަދަލު މި އަހަރުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ދަޅު މަހުގެ އަގު ހެޔޮ ކޮށްފައި ވަނީ މާޗް މަހު އެވެ. މިފްކޯގެ ފިހާރަތަކާއި އެ ކުންފުނީގެ ފެކްޓަރީތައް އަދި އައިސް ޕްލާންޓްތަކުން ވެސް މަސްދަޅު ހޯލްސޭލް ކުރެ އެވެ.

މިފްކޯ އިން ކުރިން ދަޅުމަހުގެ އަގަށް ގެނައި ބަދަލާއެކު ބޮޑު ތެޔޮ މަސް ދަޅު ކޭހެއް ވިއްކަނީ 640ރ. އަށެވެ. އަދި ބޮޑު ފެން މަސް ކޭހެއް ވިއްކާ އަގަކީ 595ރ. އެވެ.

ފަސްމީރު ބްރޭންޑުގައި މިފްކޯ އިން ދަނީ ފެން މަހާއި ތެޔޮ މަހުގެ އިތުރުން ތަފާތު ރަހަތަކުގެ ދަޅުމަސް ވިއްކަމުންނެވެ.