ދިވެހި ސިނަމާ

"ހުވާ ކޮށްފާބުނަން" ޓީޒާ ދައްކާލައިފި

Sep 2, 2020
1

ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)، އައު ޑްރާމާ ސިލްސިލާ "ހުވާ ކޮށްފާބުނަން" ގެ ޓީޒާ ދައްކާލައިފި އެވެ.

ސައްބީސް އެޕިސޯޑްގެ ޑްރާމާ ސިލްސިލާގެ ޓީޒާއިން ފިލްމުގައި ހިމެނޭ ރަހަތައް ބުނެދީފައި ވެއެވެ. ހާއްސަކޮށް މި ފިލްމަކީ ހިތާމަވެރި ގިނަ ހާދިސާތަކެއް ފެނިގެންދާ ޑްރާމާއެއްކަން އެނގިގެން ދެއެވެ.

މި ޑްރާމާއިން ފެނިގެން ދާނީ އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ޝިފާ، ޝިޔާ އަދި ނަތާ ވެސް ފެނިގެންދާނެ އެވެ.

ވާހަކަ ލިޔެ، ޑައިރެކްޓް ކުރަނީ ޔޫއްޕެ އެވެ. ކެމެރާ ކުރަނީ އައްޔަ (ގޮޅާ) އެވެ. ޑްރާމާހެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ޑްރާމާ ޝޫޓް ކުރަނީ ހުޅުމާލޭގެ އެކި ލޮކޭޝަންތަކުގަ އެވެ. ޔޫއްޕެ ބުނީ ޑްރާމާ ސިލްސިލާއެއްގެ މަސައްކަތް ފެށި ނަމަވެސް ޑްރާމާ އަދި ދައްކާނެ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"ވާހަކަ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް ޑްރާމާ ދޫކޮށްލާނަން،" ޔޫއްޕެ ބުންޏެވެ.