ކުޅިވަރު

ރޯމާގައި އަލުން މަސައްކަތް ކުރަން ޓޮޓީ ތައްޔާރު

އޯނާޝިޕް ބަދަލުވެފައިވާ، އޭއެސް ރޯމާ އާ އަލުން ގުޅެން ތައްޔާރަށް ހުރި ކަމަށް އެ ކުލަބުގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ ބުނެފި އެވެ.

ޓޮޓީ ވަނީ ރޯމާ އަށް 24 އަހަރު ވަންދެން ކުޅެފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ދެން އޭނާ މަސައްކަތް ކުރީ ކުލަބުގެ މެނޭޖުމެންޓްގަ އެވެ. ކުލަބުގެ ޑައިރެކްޓާ ކަމުން ޓޮޓީ،43 އިސްތިއުފާ ދިނީ ޖޫން 2019 ގަ އެވެ. ކުލަބުގައި އޭރު އޮތް އެމެރިކާގެ ޖޭމްސް ޕަލޯޓާގެ މެނޭޖެމެންޓާ މެދު ޓޯޓީ ހިތްހަމަނުޖެހުން އޮތެވެ. ބިލިއަނަރު ޕަލޯޓާގެ މިހާރު ވަނީ، އެމެރިކާގެ އެހެން ބިލިއަނަރެއް ކަމަށްވާ، ތޯމަސް ޑެނިއަލް ފްރީޑްކިންއަށް ރޯމާ ވިއްކާލާފަ އެވެ. އެ މުއާމަލާތުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ.

ފްރީޑްކިންގެ މެނޭޖުމެންޓުން ޓީމު ނެގުމަކީ ކުލަބުގެ ކުރީގެ ކެޕްޓަން ޓޮޓީ އާއި ރޯމާ އާ ގުޅިގެން ދިއުމަށް ލިބިގެންދާ ފުރުސަތެކެވެ. ޓޮޓީ ކުރިން ބުނެފައި ވަނީ، އެ ކުލަބުގެ މަގާމުން ވަކިވި ފަހުން ކުލަބުގެ އެއްވެސް ތާކަށް އޭނާ ނުވަންނަ ކަމަށެވެ.

"އަވަހަށް ނުވަތަ ފަހުން ނަމަވެސް ރޯމާ އާ އަހަރެން ބައްދަލުވާ ވަގުތު ޖެހިއްޖެ." އިޓަލީގެ ލަ ރިޕަބްލިކާ ނޫހަށް ދިން އިންޓަވއިުގައި ޓޯޓީ ބުންޏެވެ. އޭނާ ބުނީ ކުލަބު ހިންގުމުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން އާ ޗެއާމަން ފްރީޑްކިން ފަސޭހަ ކަމާއެކު ދެނެގަތް ކަމަށެވެ.

"(ކުލަބު ހިންގާނަމަ) ރޯމްގައި އޯނަރު ހުންނަން ޖެހޭނެ،" ޓޯޓީ ބުންޏެވެ. "އޭނާ [ފްރީޑްކިން] ގެ ދަރިފުޅު ރަޔަން ރޯމްގައި ދިރިއުޅެން އަންނަ ވާހަކަ އިއުލާން ވެގެން ދިއުމަކީ ކުލަބު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ ފެށުމެއްް.

އާ ޗެއާމަން އާ ބައްދަލު ނުވާ ކަމަށާއި ނަމަވެސް އޭނާ އާއެކު ކޮފީ އަކުން ބަދަލު ކުރުމަށް ތައްޔާރަށް ހުރި ކަމަށް ޓޯޓީ ބުންޏެވެ. އޭނާ ބުނީ، ކުރީގެ ޗެއާމަން ޕަލޯޓާއަށް ގޯސްތައް ހެދުނީ، އޭނާ އެހެން ގައުމެއްގައި ހުރެފައި ރޯމްގައި ތިބޭ އެހެން ބަޔަކު ދޭ މައުލޫމާތަށް އެކަނި ބިނާކޮށް ކަންތައްތައް ނިންމުން ކަމަށެވެ.