ރައީސް މުހައްމަދު ނަޝީދު

އދ. ގެ ނިންމުމުގައި ކޯޓަކުން ބަލަންޖެހޭ ކަމެއް ނެތް: ނަޝީދުގެ އޮފީސް

Oct 10, 2015
1
ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ހައިކޯޓަށް ހާޒިރު ކުރި ދުވަހު މަޖިލިސް ނިމުމުން ނުކުމެ ވަޑައިގަންނަވަނީ -- އަވަސް ފޮޓޯ
0%
0%
0%

އދ. ގެ ވޯކިން ގްރޫޕުން ރައީސް ނަޝީދު ދޫކޮށްލަން ނިންމާފައިވާ ނިންމުމުގައި ޝަރުއީ ކޯޓަކުން ނިންމަން ޖެހޭނެ ކަމެއް ފެންނަން ނެތް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

މިއަދު ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނަނީ ރާއްޖެއިން ބައިވެރިވެފައިވާ އދ. ގެ ދެ މުއާހަދާ ކަމަށްވާ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އާއި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ ދަށުން ސުޕްރީމް ކޯޓުގެ ނިންމުމަކާއި ނުލާވެސް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އދ. ގެ ނިންމުން އަމާޒުވެފައިވަނީ ދިވެހި ސްރުކާރަށް ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ އދ. ގެ އެ ނިންމުމާ ގުޅޭ ގޮތުން މިހާތަނަށް މައްސަލައެއް ހުށަހަޅާފައެއް ނުވާ ކަމަށާއި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގާފައިވާ ޓެރަރިޒަމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން ބަލައި ނުގަތުމުން އެކަން ބަލައިދިނުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހުއްތޭ

ކޯޓު ދެކެ ގަންނާ ކުރައްވާ ބިރުން ކޯޓާ ސަތޭކަ ފޫޓަށްވެސް ކައިރި ނުވާން ތިއުޅޭ ސަބަބެއް އޮންނާނެ. ވަގުންގެ ފޮށި ބާރަށް ބަންނަ ކަމަށް ބުނާ މިސާލު ބަސް މިތަނަށް ކަމުދާނެބާ!!!!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910