ހަބަރު

ކުޑަކުދިންނާ ބެހުމުގެ ރެކޯޑް އޮންނަ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

Jan 10, 2015

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ގދ. ގައްދޫ މަސް ދޯންޏެއްގައި ހުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުުމުރުން 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު، ގައްދޫ ދޯންޏެއްގައި ހުރި މީހެއް ކަމަށާއި އޭނާ ހައްޔަރުކުރީ މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 132 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅަކާ އެކުގައި ކަމަށެވެ. މީނާ ހައްޔަރުކޮށްފައި ވަނީ އަޕަ ސައުތު ޕޮލިސް އިންޓެލިޖެންސް ސެލް އާއި ގައްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މަސްތުވާތަކެތި ފެނިފައި ވަނީ ހައްޔަރުކުރި މީހާގެ ހަށިގަނޑާއި އޭނާގެ ތަކެތި ބަލައިފާސްކުރިއިރު ދޯނީގެ ގެގަނޑުތެރޭގައި އޮތް މީނާގެ ދަބަހުން ކަމަށް ފުލުހުން ބުންޏެވެ.