ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަޝިއާއިން ރާއްޖެ އާދެމެދު ދަތުރުތައް ފަށަނީ

Sep 3, 2020
1

ކޮވިޑް-19 އާ ގުޅިގެން ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލުމަށް ފަހު، އަލުން ފަށައިފި އެވެ.

ރަޝިއާގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ފްލައިޓުތައް އުދުހުން ހުއްޓާލާފައި ވަނީ މިދިއަ މާޗް މަހުގެ ތެރޭގަ އެވެ.

މިދިއަ ބުރާސްފަތި ދުވަހު ރަޝިއާ ސަރުކާރުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ރާއްޖޭގެ އިތުރުން މިސްރަށާއި ދުބާއީއަށް ފްލައިޓުތައް އޮޕަރޭޓު ކުރުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށެވެ. އެގޮތުން، ކައިރޯއަށް ހަފުތާއަކު ތިން ފްލައިޓުގެ އިތުރުން ރާއްޖެއަށާއި ދުބާއީއަށް ހަފުތާއަކު ދެ ފްލައިޓު އޮޕަރޭޓު ކުރާނެކަމަށް ބުނެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ދޮޅު މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 9،000 އެއްހާ ޓޫރިސްޓުންނެވެ.

ރަޝިއާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓަށްވާއިރު، ފްލައިޓުތައް އަލުން ފެށުމަކީ ޓޫރިސްޓުން އަންނަ މިންވަރު އިތުރު ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ތުރުވުމާ ގުޅިގެން، ކޮވިޑް ޓެސްޓުން ނެގެޓިވްކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލު މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ އެވެ. މި ބަދަލާއެކު ރާއްޖެ އަންނައިރު ޕީސީއާރް ޓެސްޓުގެ ސެޓްފިކެޓެއް ހުށަހަޅަން ޖެހެ އެވެ.

ބޯޑަރާއެކު ގިނަ ރިސޯޓުތަކުގައި މިހާރު އޮޕަރޭޝަންތައް އަލުން ފަށާފައިވާއިރު، އަންނަ މަހުން ފެށިގެން ގެސްޓްހައުސްތައް ވެސް އަލުން ހުޅުވާލާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ބަލި އެންމެ ބޮޑަށް ފެތުރޭ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަދި ނުހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.