ވިޔަފާރި

ދައްޕަރުގައި ބޭރު މީހުނަށް ސެކަންޑް ހޯމް ހަދަނީ

Sep 3, 2020
22
ފިއްލަދޫ ބަޔަކު ދައްޕަރުގައި ދަތުރު ގޮސް -- ފޮޓޯ: އާފަތިސް
0%
0%
0%

ހއ. އަތޮޅު ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދުވަހު ނޫސް "މިހާރަ" ށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކޮށް އެހެން ދޮރު ތަކުން ބޭރު ފައިސާ ވަންނާނެ ގޮތް ތަކެއް ހޯދަން ވިސްނަމުން ގެންދާ ކަމަށެވެ. އެގޮތުން ވިސްނާފައިވާ އެއް ކަމަކީ ހއ. ދައްޕަރުގައި ސެކަންޑް ހޯމްތަކެއް ހެދުން ކަމަށެވެ. ސެކްންޑް ހޯމްގެ ގޮތުގައި ހަދަނީ ބޭރުގެ މީހުންނަށް ވިއްކާ ލަގްޒަރީ އެޕާޓްމެންޓް ތަކެކެވެ.

"މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެއް. އަޅުގަނޑުމެންނަށް ފެންނާނެ އެއީ ދުނިޔޭގައި ކާމިޔާބު މޮޑެލެއްކަން
މިހާރު އޭގެ މަޝްވަރާތައް ވެސް ކުރި އަށް އެބަދޭ ވަރަށް ބާރަށް،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މަޖިލީސް

ނަމަވެސް މަޝްވަރާ ކުރަނީ ކޮން ފަރާތްތަކާ ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

މި ސަރުކާރު އައި ފަހުން ރިސޯޓު ހެދޭނެ 29 ރަށެއް ވަނީ ހާއްސަ ކޮށްފަ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވިއިރު އިއުލާނު ކުރި އެ ރަށްތަކުގެ ލިސްޓުގައި ހއ. ދައްޕަރު ހިމެނެ އެވެ. އޭރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި ދައްޕަރުގައި 1،000 އެނދު ތަރައްގީ ކުރާނެ އެވެ. ދައްޕަރަކީ ފިއްލަދޫއާ އިންވެގެން އޮންނަ ފަޅު ރަށެކެވެ. ޖިއޮގްރަފީ ގޮތުން ފިއްލަދު އާއި ދައްޕަރު އޮންނަނީ އެއް ފަސްގަނޑަކަށް ގުޅިފަ އެވެ.

ރާއްޖޭގައި މިހާތަނަށް ސަރުކާރުން އިސް ނަގައިގެން ސެކަންޑް ހޯމް ހަދަން ރަށް ދޫކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރިސޯޓުތަކުގައި މަހުޖަރުންނަށް ވިލާތައް ދިގު މުއްދަތަށް އެ ރިސޯޓުތަކުން ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދޫކުރެ އެވެ. އާއްމު ގޮތެއްގައި ސެކަންޑް ހޯމް ހަދަން ބިން ދޫކުރަނީ ދިގު މުއްދަތަށެވެ.

22 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910