ދުނިޔެ

ޕާކިސްތާނުގެ އިގްތިސޯދު ގުޅިފައިވަނީ ޗައިނާއާ

ޕާކިސްތާންގެ އިގްތިސޯދު ގުޅިލާމެހިފައި ވަނީ ޗައިނާއާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދުޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ވަރަށް ގިނަ ވައުދުތަކަކާއެކު ވެރިކަމަށް ވަޑައިގެންނެވި އިމްރާން ހާން ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާނަމަ އެކަމުގެ ނޭދެވޭ އަސަރު ޕާކިސްތާނަށް ކުރާނެ ކަމަށާއި ސަރުކާރަށް އަދި މިވީ ދެ އަހަރު ކަމަށެވެ. ޕާކިސްތާންގެ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނިތައް އެހާ ބޮޑުކަމަށެވެ.

އިމްރާން ވިދާޅުވީ ޕާކިސްތާން ނަމޫނާއަކަށް ބަލާނީ ޗައިނާގެ އިގްތިސޯދު ކުރިއެރުވި ގޮތް ކަމަށާއި އެ ގައުމުގެ އިގްތިސޯދުގެ ކުރިމަގު ގުޅިފައި ވަނީ ވެސް ޗައިނާއާ ކަމަށެވެ. ޗައިނާގެ ގުޅުމާބެހޭ ގޮތުން އިމްރާން ދެއްކެވު މި ވާހަކަތަކަކީ އިންޑިއާއިން އިތުރު މައްސަލަތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

އިމްރާން ވިދާޅުވީ ޕާކިސްތާނުގެ އިގްތިސޯދު ހަމަޔަކަށް އެޅުވުމަކީ އެންމެ ރެއަކުން ވަނެ ކަމެއް ނޫން ކަމަށާއި މިވީ ދެ އަހަރުތެރޭގައި ގިނަ ކަންތައްތަކެއްް ހާސިލް ކޮށްފައި ވެސް ވާނެ ކަމަށެވެ.