އައިސްލޭންޑް

އައިސްލެންޑްގެ ތަރިންނަށް ކުލަބުން ރިލީޒެއް ނުދިން

އައިސްލެންޑްގެ މުހިންމު ކުޅުންތެރިން ކުޅެމުންދާ ކުލަބުތަކުން ގައުމީ ޓީމަށް ކުޅެން ރިލީޒް ނުދިނުމުން އެ ޓީމުގެ ކޯޗް އެރިކް ހަމްރެއަން ހިތްހަމަ ނުޖެހިއްޖެ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި، މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ޕްރިމިއާ ލީގްގައި ކުޅެމުންގެންދާ ދެ މިޑްފީލްޑަރުން ކަމަށްވާ އެވަޓަންގެ ސިގްރޮސަން އާއި ބާންލީގެ ޔޯހަން ބާގް ގުޑްމަންސަން ބައިވެރި ނުވެ އެވެ. ހަމްރެއަން ކުރިން ބުނެފައި ވަނީ ގައުމީ ޓީމާއެކު ނުދާން އެ ދެކުޅުންތެރިން ނިންމީ، އެ ދެކުޅުންތެރިން ކުޅެމުންގެންދާ ކުލަބުތައް އޮތް ހާލަތުގެ ގޮތުން ކަމަށެވެ.

މުހިންމު ހަ ކުޅުންތެރިންނަށް ގައުމީ ޓީމާއެކު ދިއުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ ސިގްރޮސަން އާއި ގުޑްމަންސަންގެ އިތުރުން ކޯޕެންހޭގަން އަށް ކުލެމުންދާ ރެގްނާ ސެގްރޮސަން، ގަތަރުގެ އަލް އަރަބީއަށް ކުޅެމުންދާ އައިސްލެންޑްގެ ކެޕްޓަން އާރޮން ގަނާސަން، އޮގްސްބާގެ އަލްފްރެޑް ފިންބޮގްސަން އަދި އަނިޔާގައި ހުރި ރަނާ މާ ސިގްރޮސަން އެވެ.

އެވަޓަންގެ ގްލްފީ ސިގްރޮސަން އާއި ބަންލީގެ ގުޑްމަންސަން އަދި އޮގްސްބާގްގެ ފިންބޮގްސަން ނިންމީ އަމިައްލަ އަށެވެ. އެއީ ކުލަބަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އާރޮން ގަނާސަން ކުޅެމުންދާ އަލް އަރަބީ ޓީމުގެ ކޯޗަކީ އައިސްލެންޑްގެ ކުރީގެ ކޯޗް ހާމިއާ ހާލްގްރިމްސަން އެވެ.

"އަހަރެން ހިތްހަމައެއް ނުޖެހޭ އެ މީހުން ނިންމި ނިންމުމާމެދު،" ގައުމީ ތީމަށް ނުދާން އަމިއްލައަށް ނިންމި ކުޅުންތެރިންނާމެދު ހިތްހަމަ ނުޖެހި ހަމްރެއަން ބުންޏެވެ. މިރޭ އިންގެލެންޑާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލާ ޓީމުގެ ފުރަތަމަ 11 ގައި ގިނައިން ހިމެނަން ޖެހޭނީ ރިޒާވް ކުޅުންތެރިންގެ ތެރެއިންނެވެ.