އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ އާއި ބެލްޖިއަމް ކޮލިފައިވެއްޖެ އެވެ.
ބެލްޖިއަމް ކޮލިފައިވީ އެންޑޯރާ 4-1 އިން ބަލި ކުރުމަށްފަހު އެވެ. މި މޮޅާއެކު ބެލްޖިއަމަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. މިއީ ދެ ވަނާގައިވާ ވޭލްސް އަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ. މިހެންވެ ކޮލިފައިންގައި ބާކީ އެއް މެޗު އޮތްއިރު މި ދެ ޓީމު ވެސް މިހާރު ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ. ނަމަވެސް ގްރޫޕުގެ ކުރި ލިބޭ ޓީމެއް ޔަގީންވާނީ މި ހަފުތާގައި ކުޅޭ ގްރޫޕުގެ ފަހު މެޗުތަކަށްފަހު އެވެ.
ކުރީގެ ޗެމްޕިއަން އިޓަލީ ކޮލިފައިވީ ބަކޫގައި އަޒަރަބައިޖާން 3-1 އިން މޮޅުވެގެންނެވެ.
މި މޮޅާއެކު އިޓަލީ އަށް 21 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވާ ނޯވޭ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި ކޮންމެ ގައުމަކަށް ވެސް ބާކީ މެޗެއް އޮތުމުން ގްރޫޕުގެ ފަހު މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އިޓަލީ ނުކަޓާނެ އެވެ.
ރޭގެ މެޗުގައި އިޓަލީ އަށް ލަނޑު ޖަހައިދިނީ އެޓާ އާއި ސްޓެފަން އަލް ޝާރަވޭ އާއި މަޓެއޯ ޑްރަމައިން އެވެ.