ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްޖެހި އެކަނިވެރިވާ މީހުނަށް ރޮބަޓް

ކޮވިޑް ޖެހޭ މީހުންނާ އެންމެ ގާތުން އެމީހުންނަށް ޚިދުމަތް ދޭން އުޅެން ޖެހޭ ބަޔަކީ ސިއްހީ އެހީތެރިންނަށް ވާއިރު ބަލި ޖެހުމުގެ ނުރައްކާ ވެސް އެންމެ ބޮޑު ބަޔަކަށް ވަނީ ހަމަ ޑޮކްޓަރުންނާއި ނަރުހުންނެވެ. މި މީހުން ކުރާ ބުރަ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދީ އެ މީހުންނަށް އެހީތެރިވުމަށްޓަކައި މިހާރު ނެރެފައި ވަނީ އިންސާނުން ގޮތަށް މަސައްކަތް ކުރާ ރޮބަޓެވެ.

މި ރޮބަޓްތަކުން ބަލިމީހުންގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތުގައި ވެސް ޑޮކްޓަރުންނަށް އެހީތެރިވެ އެވެ. އަދި އެކި ކަހަލަ ފަރުވާތައް ދިނުމަށް ކުރާ ކަންތައްތަކުގައި ވެސް އެހީތެރިވެ އެވެ.

މެކްސިކޯގެ ހޮސްޕިޓަލެއްގައި މިފަދަ ވަރަށް ޚާއްސަ ރޮބަޓެއް މަސައްކަތް ކުރެއެވެ. މި ރޮބަޓަށް ކިޔަނީ ރޮބަޓީނާ އެވެ. ރޮބަޓީނާގެ ހުންނަނީ ފުރޮޅުލާފަ އެވެ. އެހެންވީމާ ވަރަށް ފަސޭހައިން ބަލި މީހުންގެ އެނދުތައް ކައިރިއަށް މިއަށް ދަތުރު ކުރެވެ އެވެ. މި ރޮބަޓްގައި ކެމެރާ ހަރުކޮށްފައިވާތީ އެ ކެމެރާގެ އެހީގައި ބަލި މީހުންގެ ހާލަތު ދެނެގަންނަން ޑޮކްޓަރުންނަށް ވެސް ފަސޭހަ ވެއެވެ.

ކޮރޯނާވައިރަސް ބަލި މީހުން ތިބޭ ވޯޑުގައި ރޮބަޓީނާ އުޅޭއިރު އެ ރޮބަޓް ކައިރިވާ ކޮންމެ އެނދެއްގައި އޮންނަ ބަލި މީހަކު ބޭރުގައި ހުންނަ ޓީވީން ފެންނާނެ އެވެ. އަދި އެމީހަކާ ވާހަކަ ދައްކާ ހެދުމުގެ ފުރުސަތު އާއިލާގެ މީހުންނަށް ލިބެ އެވެ. އަދި ފުލް ޕްރޮޓެކްޝަން ގިއަރުގައި ތިބޭ ސިއްހީ އެހީތެރިންނަށް ވެސް ކޮންމެ ފަހަރަކު ބަލި މީހާ ކައިރިއަށް ނުގޮސް އޭނާގެ ހާލު ބަލައި އޭނާއަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ފަސޭހަ ވެއެވެ.

"ހާއި. އަހަންނަކީ ލަލޫޗީ ރޮބަޓީނާ. ކޮންނަމެއް ކިޔަނީ؟" ކޮންމެ ބަލިމީހެއް އޮންނަ ކޮޓަރިއަކަށް ވަކިވަކިން ވަދެ އެމީހާގެ ކައިރިއަށް ގޮސް މި ރޮބަޓް ސުވާލު ކުރެ އެވެ.

މި ރޮބަޓް ތައްޔާރުކޮށްފައި ވަނީ އާދައިގެ ވަރެއްގެ އިންސާނެއްގެ އިސްކޮޅަށެވެ.

މި ހޮސްޕިޓަލުގެ ނިއުރޯސައިކޮލޮޖިސްޓް ޑރ. ލޫސިއާ ލެޑެސްމާ ބުނި ގޮތުގައި މި ރޮބަޓް ހުންނާނީ ކޮންމެ ފަހަރަކު ކޮރޯނާވައިރަހުގެ ނުރައްކާ އޮތް ސަރަހައްދަކަށް އެމީހުންނަށް ސީދާ ނުގޮސް ފަރުޖެއްސެ އެވެ. އެނދު ކައިރިއަށް ރޮބަޓް ފޮނުވުމުން އޭތި ގޮސް ހުއްޓުމުން ވީޑީއޯ މެދުވެރިކޮށް ބަލި މީހާގެ ކަންކަން ބަލާލެވޭތީ އެވެ. އަދި އެމީހާ އާ ސުވާލުކޮށް އޭނާ ދޭ ޖަވާބު ވެސް އަޑު އަހާލެވޭތީ އެވެ.

މީގެ އިތުރުން ކޮވިޑް ބަލި މީހުންނަކީ މުޅިން އެކަނި މާއެކަނި ތިބެން ޖެހޭ ބަޔަކަށް ވާތީ އޭގެން ބައެއް މީހުންނަށް ނަފްސާނީ ގޮތުން ދިމާވާ އުނދަގޫތަކަށް ވެސް މި ރޮބަޓުން ވަރަށް ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެވެ އެވެ. ރޮބަޓު ގޮސް އެމީހާ އާ ވާހަކަ ދައްކަ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް އެމީހާއާ ވާޙަކަ ދެއްކުމުގެ ފުރުސަތު ރޮބަޓްގެ ޒަރިއްޔާއިން ކުރެވެ އެވެ. އަދި ތިމާގެ މީހުންނަށް ވެސް ބަލި މީހާއާ ވާހަކަ ދައްކާލެވޭނެ ގޮތް ވެއެވެ.
ހޮސްޕިޓަލުގައި ބޭނުންކުރާ ރޮބަޓަކީ މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި ވެސް ވަރަށް ވައިގައި ހިފާފައިވާ އެއްޗެކެވެ. އިންފެކްޝަންގެ ނުރައްކާ ކުޑަ ކުރެވޭތީ އާއި މި އެއްޗިއްސާ މެދު ބަލި މީހުން ހިތްހަމަޖެހޭތީ އެވެ.

މިފަދަ ރޮބަޓްތަކުގައި ކޮންމެ މީހަކު ވަކިވަކިން ދެނެގަތުމުގެ ކުޅަދާނަކަން ހުރެ އެވެ. އަދި އެކަކު ކައިރިން އަނެކަކު ކައިރިއަށް ފަސޭހަ ކަމާއެކު ދަތުރުކުރެވެ އެވެ. މި ރޮބަޓަކީ ރޯޒާ މާރީ ވެލަސްގުއެޒް ކަހަލަ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އެތައް ބަޔެއްގެ ފުރާނަ ސަލާމަތްވުމުގައި އެންމެ މުހިއްމު ދައުރެއް ކުޅުނު އެއްޗެކެވެ. ރޯޒާ އަކީ މެކްސިކޯގައި ކޮވިޑް ޖެހިފައިވާ ބައި މިލިއަނެއްހާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މެކްސިކޯގައި މިހާތަނަށް ކޮވިޑް ޖެހިގެން 60،000 މީހުން ވަނީ މަރުވެފަ އެވެ.