މި ވާހަކަ ފެށެނީ މިދިއަ މާޗް މަހުގެ ހައެއްގައި މިސްރުގެ ވެރިރަށް ގާހިރާގައި ކުރި ކައިވެންްޏަކުންނެވެ. އުމުރުން 36 އަަހަރުގެ ހާލިދާއި 35 އަަހަރުގެ ޕެރީ، ކައިވެނި ކުރީ އެ ދެ މީހުން ބައްދަލުވިތާ އަށް އަހަރު ފަހުންނެވެ. ކައިވެންޏަށް ފަހު އެ ޖޯޑު ދުބާއީ އާއި މެކްސިކޯގެ ކަންކޫންގައި ހަނީމޫން ހެދި އެވެ. ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރިފައި އޮތް ކަމުގައި ވިޔަސް "ޓްރެވަލް ރެސްޓްރިކްޝަން" އަކާ ހެދި އެ ދެ މީހުންގެ ހަނީމޫނަށް އަސަރެއް ކުރާނެ ކަމަކަށް އެއްވެސް ގޮތަކަށް ހިޔެއް ވެސް ނުކުރެ އެވެ.
މެކްސިކޯގައި ހަނީމޫންގެ އުފާވެރި ދުވަސްތައް ނިންމާލައި ތުރުކީ މަގުން އެމީހުން ދުބާއީ އަންނަންް ދަތުރު ފެށީ މާޗް 19 އިގަ އެވެ. އެހެން ނަމަވެސް ފްލައިޓުގައި ތިއްބާ އެމީހުންނަށް އެނގުނީ ކޮވިޑް އާ ގުޅިގެން ދުބާއީގައި އާ ގަވައިދުތަކެއް ހަދައި ބިދޭސީން އެތެރެ ކުރުން މެދުކަނޑާލާފައިވާ ކަމެވެ.
އޭގެ ސަބަބުން ތުރުކީން ޔޫއޭއީއަށް އޮތް ކަނެކްޓިން ފްލައިޓަށް ނާރުވާ ތުރުކީ އެއާޕޯޓުގައި ތާށިވެ ދެ ދުވަސް ވަންދެން ތިބެން ޖެހުނެވެ. ތުރުކީގެ ގަވައިދުތައް ހަރުކަށި ކޮށްފަައިވުމުން ގައުމަށް އެތެރެ ވެވޭނެ ގޮތެއް ވެސް އަދި ބޭރު ވެވޭނެ ގޮތެއްވެސް ނެތެވެ.
އުފަން ގައުމު މިސްރަށް ދެވޭނެ ގޮތެއް ވެސް ހޯދައި ނުފެނުނެވެ. މިސްރުގެ ފްލައިޓުތައް ކެންސަލް ކޮށްފައި ވުމުން ހުރިހާ މަގުތަކެއް ބަންދުވެ އާ ޕްލޭން އަކަށް ވިސްނަން ޖެހުނެވެ. އާ "ހަނީމޫން ޑެސްޓިނޭޝަން" އެއް ހޯދާން ޖެހުނެވެ.
"އަހަރުމެން ގޫގުލް ގައި ޖަހައިގެން ބެލީ މިސްރު ރައްޔިތުންނަށް ވިިސާ އާ ނުލައި އެތެެރެ ވެވޭނީ ކޮން ގައުމުތަކަށްތޯ. އަދި އެ ގައުމުތަކަށް ދަތުރު ކުރާ ފްްލައިޓުތައް ހުރިތޯ. އެހިސާބުން އެނގުނީ އޮތީ އެންމެ އޮޕްޝަނެއްކަން. އެއީ ދިވެހި ރާއްޖެކަން" ބީބީސީ އަށް ދިން އިންޓަވިިއުގައި ޕެރީ ބުންޏެވެ.
އިންޑިއާ ކަނޑުގައި އޮތް ޖަޒީރާ ގައުމަށް އަންނަންް ޕެރީ އާއީ ހާލިދު ކުރިން ވެސް ވަނީ ވިސްނާފަ އެވެ. އެމީހުންގެ ހަނީމޫން ޕްލޭން ހެދި އިރު މެކްސިކޯގެ ބަދަލުގައި ރާއްޖެ އަންނަން މަޝްވަރާ ކުރި އެވެ. އެކަމަކު އެ ފަަހަރު އެމީހުން ބޭނުންވީ މޫދަށް އެރިލައި ފީނާލަން ދާކަށް ނޫނެވެ. ހިތުގައި އޭރު އޮތީ ހަމަ ސީދާ މެކްސިކޯ އެވެ.
"އަހަރެން ހަނދާން ހުރި ރާއްޖޭގެ އިމިގްްރޭޝަން ދޮރުން އަހަރުމެން ދެމީހުން އެތެރެވި ވަގުތުކޮޅު. ދެމީހުން ދެމީހުންނަށް އުފަލުން ބަލައިލިން. ހަމަ ޔަގީނުން ވެސް ދެން، ނިދަަން ޖެހޭނީ އެއާޕޯޓުގައި ހުންނަ ގޮނޑިތަކުގައި ނޫންކަން އެނގުނު" ރާއްޖެ އެތެރެ ވުމާއެކު އެ ދެ މީހުންނަށް ކުރެވުނު އިހުސާސް ޕެރީ ކިޔައިދިނެވެ.
ޓެލެކޮމް އިންޖިނިއަރަކަށް އުޅޭ ހާލިދު އެންމެ އުފާވީ ދެ ދުވަހަށް ފަހު އެމީހުންގެ ލަގެޖުތައް ފެނުމުންނެވެ.
ޚާލިދު އާއި ޕެރީ ރާއްޖެ އައިސް މަޑުކުރި ރިސޯޓުގައި އެހެން ޓޫރިސްްޓުން ވެސް ތިއްބެވެ. އޭގެ ގިނަ މީހުންނަކީ ހަނީމޫނަށް ރާއްޖެ އައިސް އެނބުރި ގައުމަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބި މީހުނެވެ. ދުވަސްތަކަށް ފަހު ގިނަ ޓޫރިސްޓުން ފުރައިގެން ދިއުމާއެކު އެ ރިސޯޓު ވެސް ބަންދު ކުރަން ނިންމި އެވެ.
ރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ދިޔައީ ވަރަށް ގޯސްވަމުންނެވެ. އެހިސާބުން ހާލިދާއި ޕެރީއަށް އަަނެއްކާ ވެސް ޖެހުނީ އެހެން ތަނަކަށް ބަދަލުވާށެވެ. ރިސޯޓުން އެ މީހުން ގެން ދިޔައީ އައިސޮލޭޝަން ފެސިލިޓީއަކަށެވެ. މިދިޔަ މަސް އެއްކޮށް އެމީހުން ހޭދަކުރީ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގަ އެވެ.
"ރިސޯޓުގައި ތިބި އިރު ރިސޯޓު މީހުން އަހަރުމެންނަށް ވަރަށް ރަނގަޅު. އެމީހުން ބެލި އެ ވަގުތުކޮޅު ވެސް އަހަރުމެންނަށް އުފާވެރި ތަޖުރިބާ އަކަށް ހެދޭތޯ" ޚާލިދު ބުންޏެވެ.
އައިސޮލޭޝަން ފެސިލިޓީގައި އެމީހުންނާއެކު 70 މީހުން ތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހަނީމޫނަށް ރާއްޖެ އައިސް ތިބި މީހުންނެވެ. "ތަފާތަކީ އެމީހުން ރާއްޖެ އަައީ ބޭނުން ވެގެން. އަހަރުމެން ރާއްޖެ އައީ އިތުރު ޗޮއިސް އެއް ނެތިގެން،" ޕެރީ ބުންޏެވެ.
ޕެރީ އާއި ހާލިދު ބުނި ގޮތުގައި އެމީހުން މޫދަށް އެރިިލައި ބީޗަށް ދިޔައީ ވެސް ވަރަށް މަދުފަހަރަކު އެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާއެކު މޫސުން ވެސް ރަނގަޅެއް ނޫނެވެ. ރީތި ނަލަ ނަލަ ރާއްޖެއެއް މި މޫސުމަކު ނުފެނެ އެވެ. ހުދު ގޮނޑުދޮށްތަކާއި ފުން ކަނޑުތަކެއް ވެސް ފުރިހަމަ އެހާ އެއް ނޫނެވެެ. އަދި، މިއީ ރޯދަ މަހަށްވެ އެމީހުން ވެސް ރޯދަ އަށް ތިބޭތީ އުނދަގޫތަކެއް ކުރިމަތިވި އެވެ. އެނބުރި ގައުމަށް ދެވޭނެ އަލިމަގެއް ނުފެނި ދުވަސްތައް ހޭދަ ކުރަން ޖެހިފައި ވަނީ ސްޓްރެސްގެ ތެރޭގައި ކަމަށް ދެ މީހުން ވެސް ބުންޏެވެ.
"މީހުން ކައިރީ މިތިބީ ރާއްޖޭގައި ތާށިވެފަައޭ ބުނާއިރަށް އެމީހުން ހީނލާފައި ބުނާނެ، އެމީހުންނަށް ވެސް އެހެންވި ނަމައޭ. އެއީ އަދި އެންމެ ވޯސްޓް ސިޗުއޭޝަނެއް ނޫނޭ. އެކަމަކު މިއީ އެހާ އުފާވެރި އެހާ ފަސޭހަ ކަމެއް ނޫން. މިއީ ޔަގީނުން ވެސް ވަރަށް ސްޓްރެސްފުލް ކަމެއް. މިކަހަލަ ތަންތަނަކީ [ރިސޯޓުތަކަކީ] މަޖާކޮށް ސަކަރާތްޖަހާ އުފާވެރި މާހައުލެއްގައި އޮންނަން ޖެހޭ ތަންތަން. މިތަން މިހާރު އޮޮތީ އެހެނެއް ނޫން. މިއަށް ވުރެ ގޭގައި އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ކޮންމެ ކަމެއްވެސްް ކުރާން މިތިބީ ތައްޔާރަށް" ޕެރީ ބުންޏެވެ.
މި ޖޯޑުގެ ދިގު ދެމިގެން ދާ ހަނީމޫންގެ ފަހު ޑެސްޓިނޭޝަނަކަށް ވީ ރާއްޖެ އެވެ. އެއް ރިސޯޓުން އަނެއް ރިސޯޓެވެ. މިހާރު ތިބީ އެނބުރި ގައުމަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ރާއްޖެއަށް އައިސް އެނބުރި ގައުމަށް ނުދެވި ތިބި 300 އެއްހާ ޓޫރިސްޓުން އަދި ވެސް އެބަ ތިއްބެވެ. ބޯޑަރު ބަންދުކޮށް އިތުރު ފަތުރުވެރިން އައުން ވެސް މިހާރު ވަނީ ހުއްޓާލާފަ އެވެ. މި ދެމަފިރިންނަށް ގައުމަށް ދެވޭނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމުންނެވެ.