ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޯނޑެއްދޫން އިތުރު 19 މީހުން ޕޮޒިޓިވްވެއްޖެ

Sep 5, 2020
1

މިހާރު ވެސް މޮނިޓަރިންގައި އޮތް ގދ. ހޯޑެއްދޫން އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އެޗްއީއޯސީން ބުނީ ދެކުނުގެ އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގުނު 36 މީހުންގެ ސާމްަލްތަކުގެ ތެރެއިން 19 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަ ކުދިން ހިމެނޭ ގޮތަށް 11 ފިރިހެނުންނާއި އަށް އަންހެނުން ހިމެނޭ ކަމަށްވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

އެގޮތުން އުމުރުން އެއް އަހަރު ނުވާ ދެ ކުއްޖަކާއި އެއް އަހަރާއި 18 އަހަރާއި ދެމެދުގެ އަށް ކުއްޖަކާއި 18 އަހަރާއި 50 އަހަރާއި ދެމެދުގެ ހަތް މީހުންނާއި 50 އަހަރުން މަތީގެ ދެ މީހަކު ހިމެނެ އެވެ. އެހެން ކަމުން މިހާތަނަށް އެރަށުން 25 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

އެޗްއީއޯސީ އިން ބުނީ މިއީ ކޮމިއުނިޓީ ސްޕރެޑެއް ކަމަށް އަދި ނުނިންމާ ކަމަށާއި މިކަމާއި ގުޅިގެން އެ ސެންޓަރުން އެރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.