ޕޮލިޓިކްސް

އިދިކޮޅުން ޗައިނާއެކު މަޝްވަރާތަކެއް ކޮށްފި

މާވަށު ދާއިރާގެ މަޖިލިސް އދި ޗައިނާ އެމްބެސަޑަރު -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ސަރުކާރުގެ މައި ޖަލު، މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމުގެ މަސައްކަތް ހަލުއި ކުރުމަށް ޗައިނާއާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަޝްވަރާ ތަކެއް ބާއްވާވައިފި އެވެ.

މި މަޝްވަރާތަކަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ޗައިނާއަށް ވަޑައިގެންނެވީ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ވެރިރަށް ބީޖިންގައި ބޭއްވި އެ ބައްދަލުވުުމަށް ފަހު ސައީދު މިވަގުތު ވަޑައިގެން ހުންނެވީ ޔޫއޭއީގަ އެވެ. އޭނާގެ ދަތުރުފުޅުގައި ލަންޑަނުގައި އީޔޫގެ އޮފިޝަލުންތަކާއެކު ބާއްވާ މަޝްވަރާތަކަށް ޝެޑިއުލް ކުރެއްވި ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. ނަމަވެސް ފަހުން އެ ދަތުރު ކެންސަލް ކުރެއްވީ އެވެ.

ރާއްޖެއާއެކު ޗައިނާއާ ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މަޝްވަރާތައް ކުރުމުގައި ރާއްޖެއިން އިސްވެ އުޅުއްވެވި އަދި ޗައިނާ އިސްވެ ހެދި މާލޭ ބޭންކް، އޭއައިއައިބީގެ ގަވަރިން ބޯޑުގައި ވެސް ކުރިން ހިމެނި ވަޑައިގެން ސައީދު އާއި އިދިކޮޅުގެ އެހެން އޮފިޝަލަކު، ބީޖީންގެ އޮފިޝަލުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތްތައް ކުރުމާބެހޭ ގޮތުން ދިގު ދެމިގެން ދިޔަ މަޝްވަރާތައް ކޮށްފައިވެ އެވެ.

ބައްދަލުވުމަށް ފަހު ވަޑައިގެން މިވަގުތު ޔޫއޭއީގައި ހުންނެވި ސައީދުއާ އަވަސް އިންގުޅި އެވެ. އެހެން ނަމަވެސް މާވަށު ދާއިރާގެ މެންބަރު އެކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާކަށް ބޭނުންފުޅެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެއްވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910