އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ގައުމީ ދިފާއީ ބާރުން ޑިފެންސް ޗީފް މިއަދު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބޭ ކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. ޗީފް ވިދާޅުވީ އެއްވެސް ގައުމަކުން އަސްކަރީ ހަތިޔާރާއެކު ރާއްޖޭގެ ސިފައިން ނުބައިތިއްބާ ކަމަށެވެ. އެކަމަކު އެހެން ގައުމުތަމުގެ ސިފައިންގެ ފަރާތުން ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ،
"ރާއްޖޭގައި މިލިޓަރީ ޕްރެޒެންސް ނުވަތަ އަސްކަރީ ޕްރެޒެންސްއެއް ރާއްޖެއަކު ނެތް، މި ފާހަގަ ކުރަނީ ހަނގުރާމަވެރިން، ހަތިޔާރު އަޅަގައިގެން ތިބޭ ސިފައިން. އެހެނެއް ނޫން ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން ހޯދަމުން ދަނީ،" ޗީފް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ އިންޑިއާ ކަނޑަކީ މުހިންމު ސަރަހައްދަކަށް ވާތީ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި ސިފައިންގެ ގާބިލްކަން ބޮޑުކުރަން އެމެރިކާ އާއި ސައުދީ އަރަބިއާ އާއި ޗައިނާ އާއި ޕާކިސްތާނާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ވެސް ސިފައިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ލިބޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ އެއްވެސް ކަމަކަށް ސިފައިން ޖާގަ ނުދޭނެ ކަމަށެވެ.
"ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ" އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި މިލިޓްރީ ޕްރެޒެންސް ނުވަތަ އަސްކަރީ ޕްރެޒެންސްއެއް ރާއްޖެއަކު ނެތް، މި ފާހަގަ ކުރަނީ ހަނގުރާމަވެރިން، ހަތިޔާރު އަޅަގައިގެން ތިބޭ ސިފައިން. އެހެނެއް ނޫން ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން ހޯދަމުން ދަނީ.މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް | ޗީފް އޮފް ޑިފެންސް ފޯސް
ޗީފް ވިދާޅުވީ ދިފާއީ ކަންކަމުގައި ކުރިން ވެސް އަދި މިހާރުވެސް އެކުވެރި ގައުމުތަކުން ފަންނީ އެހީތެރިކަން ދޭ ކަމަށާ، އަދި އެއީ ކަން ހިނގާ ގޮތް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިންޑިއާ އިން "ހަދިޔާ" ކުރި ހެލިކޮޕްޓަރު ދުއްވަން ދިވެހިން ބޭނުން ނުކުރަނީ އެކަމަށް ޚާއްސަ ދިވެހި ޕައިލެޓުން ނެތިގެނެވެ. އަދި ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ކުރާއިރު ކޮމާޝަލް ޕައިލެޓުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ނުދެވުމަކީ އެ ދާއިރާއިން ދިވެހިން ނުލިބޭ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އޭގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލޭ ސަބަބެއް ނޫން ކަމަށް ވެސް ޗީފް މިއަދު ވިދާޅުވި އެވެ.
ޝަމާލް އެހެން ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިންގެ ގިނަ ބަޔަަކު ރާއްޖެ ބައެއް ސަރަހައްދުތަކުގައި ގާއިމުވެ ތިބެ އެވެ. އަދި އިންޑިއާއިން ރާއްޖޭގައި "ހަދިޔާކޮށް" ހަމަ އެކަނި އިންޑީއާ ސިފައިން ބޭނުން ކުރާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ގައިމުގެ ތިބެ އެވެ. އިންޑިއާ ސިފައިންގެ ބަޔަކު އަކި ނަން ނަމުގައި ތިބޭ ތިބުމާމެދު ދިވެހި ރައްޔިތުންގެ ތެެރެއިން ގިން ބަޔަކު ދެކޮޅު ހަދާއިރު މިހާރު ވެސް "އިންޑިއާ އައްޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގައި ވަރަށް ފުޅާކޮށްފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ ކުރިން ވެރި ކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނާ ހިލާފަށް "އިންޑިއާ ފަސް ޕޮލިސީ" އިހުތިހާރު ކުރައްވާ އިންޑިއާ ވަރަށް ގާތް ރަހުމްތެރިކަމެއް ބާއްވާ ސަރުކާރެކެވެ.