ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

ޕްރީސްކޫލާއި ގުރުއާން ކްލާސްތަކުގެ އެހީގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް19 ގެ ސަބަބުން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތަކާއި ކޮމިޔުނިޓީ ޕްރީސްކޫލުތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހިިވާން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އަމިއްލަ ގުުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލީ ދަަތިތަކާ ކުރިމަތިވެފައި ވާތީ އެހީވުމަށް ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. ގުރުއާން ކްލާސްތަކަށް 500000 ރުފިޔާ އަދި ޕްރީ ސްކޫލުތަކަށް އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އެޑިއުކޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފައިސާގެ އެހީ ހޯދަން ޕްރީސްކޫލްތަކާއި ގުރުއާން ކްލާސްތަކުން ހުށަހަޅަންޖެހޭ ފޯމަށް ބަދަލު ގެނެސް، މި މަހު 10 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އުސޫލުގައިވާ ގޮތުން، އެހީ ލިބޭނީ އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށް ހިންގާ ޕްރީސްކޫލާއި ގުރުއާން ކްލާސްތަކަށެވެ. .