ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔުނިވާސަލް އިން ޓެސްޓު ކިޓުގެ އިިތުރު އެހީ އެއް

ކޮވިޑް-19 އަށް ޓެސްޓުކުރަން ބޭނުންވާ 10،000 ޓެސްޓު ކިޓް ޔުނިވާސަލް އެންޓަޕްރައިސަސް އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މިއީ ކޮވިޑްގެ ހާލަތުގައި ރާއްޖެ އަށް އެހީވުމުގެ ގޮތުން ޔުނިވާސަލް އިން ޓެސްޓު ކިޓު ހަދިޔާ ކުރި ދެވަނަ ފަހަރެވެ. އެ ކުންފުނިން ވަނީ މިދިޔަ ޖޫން މަހު ވެސް 20،200 ޓެސްޓު ކިޓް ހަދިޔާކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި އެކިކަހަލަ އާލާތްތައް ހޯދުމުގައިވެސް އެކި ފަރާތްތަކުން އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖޭގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގައި އަހަރުތަކެއް ވެފައިވާ ޔުނިވާސަލް އިން މީގެ ކުރިން ޕީސީއާރް ދެ މެޝިނާއި ޕީޕީއީ އަދ ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފަ އެވެ.

ރާއްޖެ އިން 8،486 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މި ބަލީގެ އެކްޓިވް ކޭސްްގެ ގޮތުގައި މިހާރު ތިބީ 2،635 މީހުންނެވެ. މި ބަލީގައި 29 މީހަކު ވަނީ މަރުވެފަ އެވެ.