ވިޔަފާރި

ޓްރެވަލް އެޖެންޓުންގެ އާ ގަވާއިދުން ބަދަލު ފެންނާނެ: އާޓާ

Sep 7, 2020
1

ލޯކަލް ޓްރެވަލް އެޖެންޓުންގެ ގަވައިދަށް ސަރުކާރުން ގެންނަ އިސްލާހުތަކާއެކު، ހެޔޮ ބަދަލު ފެނިގެން ދާނެ ކަމަށް، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން ބުނެފި އެވެ.

ބަދަލު ނުގެނެސް އޮންނަތާ ޒަމާންވީ ޓްރެވަލް އެޖެންޓުގެ ގަވައިދު އިސްލާހު ކުރަން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން، ޓޫރިޒަމް ޖަމިއްޔާ، އާޓާއިން ބުނި ގޮތުގައި ޓްރެވަލް އެޖެންޓުގެ ގަވައިދަށް ގެންނަ އިސްލާހުތައް ނިމި، ފަހުގެ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން ކުރަމު އަންނަ ކަމަށެވެ. އެ ބަދަލުތަކާއެކު ލޯކަލް އެޖެންޓުނަށް ފުރުސަތު ލިބި ރިސޯޓްތަކުގެ ބުކިންތައް އިތުރުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ގަވައިދު އިސްލާހު ކުރުމަށް އެދި ދިވެހި ޓްރެވަލް ކުންފުނި ތަކުން ވަކާލާތު ކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ މަސައްކަތް ފަށާފައި ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނެވިއިރު އެވެ. އެގޮތުން ޓޫރިޒަމާ ގުޅުން ހުރި ގިނަ ގަވައިދުތަކެއް އިސްލާހު ކުރުމުގެ މަސައްކަތް ކުރެ އެވެ.

ޓްރެވަލް ވިޔަފާރީގައި 200 އާ ގާތް ކުރާ ދިވެހި ކުންފުނި ހަރަކާތްތެރިވެ އެވެ. ނަމަވެސް އެ ކުންފުނި ތަކަށް ލިބެންޖެހޭ ހައްގުތައް ނުލިބެތި ޝަކުވާ ކުރެ އެވެ.