ކުޅިވަރު

ހަޒާޑް ފިޓެއް ނޫން: މާޓިނޭޒް

ބެލެްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް މުޅިން ފިޓް ނޫން ކަމަށް އެ ޓީމުގެ ކޯޗް ރޮބާޓޯ މާޓީނޭޒް ބުނެފި އެވެ.

މާޓީނޭޒް ވަނީ ރެއާލް މެޑްރިޑްގެ ފޯވަޑަށް ގައުމީ ޓީމުން ފުރުސަތު ދިފަ އެވެ. އެހެން ނަމަވެސް ޔޫއެފާ ނޭޝަން ލީގްގައި ހޮނިހިރު ދުވަހު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ނުކުޅެ އެވެ. މާޓިނޭޒް ބުނީ، ހަޒާޑް މުޅިން ފިޓް ނުވާތީ އޭނާއަށް ރިސްކެއް ނެގެން ނެތް ކަމަށެވެ.

"އޭނާ ދަނީ ގުރޫޕް ޓްރެއިނިންއަށް އާދެވޭތޯ އޭނާއަށް ވީ ވަރަކުން އަމިއްލައަށް މަސައްކަތް ކުރަމުން،" ހަޒާޑާ ބެހޭގޮތުން މާޓީނޭޒް ބުންޏެވެ. "ސިއްހީ ގޮތުން އޭނާގެ އެއްވެސް މައްސަލައެއް (އަނިޔާއެއް) ނެތް، ވިސްނަން ޖެހޭ ކަމަކީ އޭނާއަށް ކުޅުމުގެ ތެރެއަށް ނެރުމުގައި ފަރުވާވެރތި ވުން."

"އޭނާ އަދިވެސް މުޅިން ފުލު ފިޓްނަސްއެއް ނުލިބޭ، އަދި އޭނާގެ ކުލަބުގައިވެސް ގުރޫޕް ޓްރޭނިންއެއް ނުހެދޭ، އަހަރެމެން ޖެހޭނެ އޭނާއާ މެދު ފަރުވާތެރިވާން އަހަރެމެންނަށް އެއްވެސް ރިސްކެއް ނެގޭކަށް."

ނޭޝަން ލީގްގައި މިރޭ ބެލްޖިއަމް ނުކުންނާނީ އައިސްލެންޑާ ދެކޮޅަށެވެ. މާޓީނޭޒް ބުނީ ހަޒާޑަށް މެޗުގެ ކޮންމެވެސް ވަރަކަށް ކުޅެވޭ ގޮތް ވެއްޖެނަމަވެސް އެއީ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ.