ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ސުޝްމާ ސުވަރާޖްއާ ބައްދަލު ކުރައްވައިފި

Oct 11, 2015
ރައީސް ޔާމީން މިއަދު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް އާ ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް ރައީސް އަބުދުﷲ ޔާމީނު ޢަބުދުލް ގައްޔޫމުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެކަމަނާ ވަނީ މިއަދު ރައީސް އޮފީހަށް ވަައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ފަސް ވަނަ ބައްދަލުވުމަށް ރާއްޖެ ވަޑައިގެންނެވި ސުޝްމާ މިއަދު ރައީސް އަރިހަށް ވަަޑައިގެންނެވި އިރު ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ރާޖީވް ޝަހާރޭއާއި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙުމަދު މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910