ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯނޑެއްދޫ

ހޯނޑެއްދޫ ކޭސް: ދުވަސްވީ ދެމީހަކު ފެސިލިޓީއަށް

ގދ. ހޯނޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ ދެ މީހަކު ގއ. ގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓް ކޮށްފި އެވެ.

މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ. އެ ރަށުގެ 25 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ހެލްތް މިނިސްޓްރީން މިރޭ ބުނީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ ފިރިހެން މީހާގެ ހާލަތު މިވަގުތު އެހާ ރަނގަޅެއް ނޫނެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކޮވިޑް ޖެހޭ މީހުންްގެ ތެރެއިން ހައި ރިސްކު މީހުން ފެސިލިޓީތަކަށް ބަދަލު ކުރަމުން ގެންދާ ކަމަށެވެ. ހޯނޑެއްދޫން ބަދަލުކުރި ދެ މީހުންނަކީ ވެސް ހައި ރިސްކު ކެޓަގަރީގެ މީހުން ކަމަށެވެ. އެމީހުންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެ ގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ.

މިހާތަަނަށް 111 ކޮންޓެކްޓުން ފާހަގަވ ގިނަ ބައެއްގެ ސާމްޕަލް ވަނީ ނަގާފަ އެެވެ. އޭގެ ތެރެއިން ނަތީޖާ ލިބުނު 13 ސާމްޕަލް ނެގެޓިވްވެފައި ވެއެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހޯނޑެއްދޫ އާއި އެ ރަށާއި ކޯޒްވޭއަކުން ގުޅާލެވިފައިވާ މަޑަވެލި އަދިވެސް އޮތީ އެޗްޕީއޭގެ ކަރަންޓީންގަ އެވެ.