ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯނޑެއްދޫ

ހޯނޑެއްދޫ: 25 މީހަކު ބަލިން ރަނގަޅުވެއްޖެ

Sep 19, 2020

ގދ. ހޯނޑެއްދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 25 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ.

މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ރަނގަޅުވީ އިއްޔެ ކަމަށެވެެ. އަދި އޭގެ ކުރިން އިތުރު ހަތަރު މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ރަށުން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 25 އަށް އަރާފައެވެ. މިވަގުތު ފަރުވާގައި ތިބީ 19 މީހުންނެވެ. އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށްފައިވެއެވެ.

ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 230 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅޭ ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެ ގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ. އެ ރަށައް ބަލި ދިޔައީ ކިހިނެތްކަން އަދި ހޯދިފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.