ސުޕްރީމް ކޯޓް

ފަނޑިޔާރުކަމަށް އަލީ އައްޔަން ކުރުމުން ހައިލަމް ސުވާލުކޮށްފި

Sep 9, 2020
1

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގައި ކުރީން ހުންނެވި ގާޒީ އަލީ ރަޝީދު އައްޔަން ކުރެއްވުމުން ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ސުވާލު އުފައްދަވައި ވާހަކަފުޅު ދައްކަވައިފި އެވެ.

ހައިލަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދެވި އޭރުގެ އިސް ގާޒީ އެވެ. އަލީ ރަޝީދަކީ ހައިލަމް ވަކި ކުރުމަށް ފަހު އިސްގާޒީ ކަމުގެ މަސްއޫލިޔަތުތަކާއެކު ރައީސް ޔާމީންގެ ޝަރީއަތުގައި ހުކުމް އިއްވެވި ގާޒީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އަލީ ރަޝީދު އައްޔަން ކުރެއްވުމުން ހައިލަމް ޓްވީޓެއް ކުރައްވައިގެން ސުވާލު ކުރެއްވީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކުރީގެ ރައީސެއްގެ ޝަރީއަތް ކުރެއްވި ފަނޑިޔާރު ނޫން ބޭފުޅަކު ނެތް ހެއްޔެވެ.

އަދި ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުން އެއްވެސް ބަޔަކަށް ނުވަނީތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. މީގެ އިތުރުން "ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން ގޯސްކޮށް ވާހަކަ ދެއްކެވި ބޭފުޅުން ކޮބައިތޯ؟" ވެސް އައްސަވާފައި ވެއެވެ.