ހަބަރު

ގާސިމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ، ގަލޮޅު، ޓޮޕާޒް. މުހައްމަދު ގާސިމް އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ގާސިމްގެ، އަނބިކަނބަލުންނަށް ރައީސް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި އާއިލާގެ މެންބަރުންނަށް ވަރަށް އިހްލާސްތެރި ކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

ރައީސްގެ ސިޓީފުޅުގައި، ގާސިމަކީ ރައީސް އޮފީހަށް 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރައްވާފައިވެ އެވެ.