ހަބަރު

ޕްރޮކިއުމަންޓް ބޯޑުގެ ހިންގާ ގަވައިދު އާއްމުކޮށްފި

Sep 9, 2020

ޕޮރޮކިއުމެންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކޮށް، ނިޒާމު ހަރުދަނާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވައިދު އެކުލަވާލައި އާއްމު ކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިސްވެ ހުންނަވާ ގޮތަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑު ރައީސް ސޯލިހުގެ ހާއްސަ ގަރާރަކުން އުފެއްދެވީ މިދިއަ ފެބްރުއަރީ މަހު އެވެ.

މި ހަފުތާގައި ގެޒެޓުކޮށްފައިވާ ގަވައިދުގައިވާ ގޮތުން، ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަދުވެގެން ބޯޑު މެންބަރުންގެ ތިން ބައި ކުޅަ އެއް ބައި ބަދަލު ކުރަން ވާނެ އވެ.

އބޯޑުގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާއިރު، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ގޮތެއްގައި ރާވައި ހިންގުމަށް ހަދަންޖެހޭ ހުރިހާ ގާނޫނާއި ގަވާއިދުތައް ބޯޑުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވޭ ހަރަދުތަކަކީ އެ ހަރަދުތަކާ އަޅާބަލާއިރު އެކަށީގެންވާ ހިދުމަތްތަކެއް ލިބޭ ހަރަދު ތަކެއްކަން ޔަގީން ކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިޝަންސީ ހާސިލު ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް ބޯޑުގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ބިޑް ކުރާ މީހުނަށް ދެ ފުށް ފެންނަ ގޮތަށް ވާދަވެރި ނިޒާމެއް ގާއިމުކޮށް އެންމެނަށް ވެސް ބިޑް މުގެ މަރުހަލާގައި ބައިވެރިވެވޭ ގޮތް ހަދައިދޭން ޖެހެ އެވެ. އެގޮތުން، ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ކުރިއަށްގެންދާ އެފދަ ބިޑްތައް އެއް ހަމައަކުން ކުރިއަށް ގެންދަން ޖެހޭނެ އެވެ.