މަސްތުވާތަކެތި

ރާއްޖެ އައި ބިދޭސީއެއްގެ އަތުން ހަތަރުކިލޯ ޑްރަގު އަތުލައިފި

Sep 9, 2020
1

ރާއްޖެއައި ބިދޭސީއެއްގެ އަތުން ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ މީހާގެ ލަގެޖް ފާސް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނި އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރިއިރު ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި 4.448 ކިލޯ ހުރި ކަމަަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. އެ ތަކެތީގެ މަގުމަތީ އަގު 3،558،400 ރުފިޔާއަށް އަރައެވެ. ކަސްޓަމުން ބުނީ އެ ތަކެތި އަދި ބިދޭސީ މީހާ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.