ގައުމީ ޔުނިވާސިޓީ

ޔުނިވާސިޓީގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފި

Sep 10, 2020
3

އެމްއެންޔޫގެ ޑީން އޮފް ސްޓޫޑަންޓް އާއި ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންސް އަދި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ހެޑް އޮފް ސެންޓާގެ މަގާމަށް ބޭފުޅުން އައްޔަނު ކޮށްފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބުނީ ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް އާޝިޔާ ލީލާ އަހުމަދު، ކޮންޓްރޯލާ އޮފް އެގްޒާމިނޭޝަންސް ކަމުގެ މަގާމަށް ފާތިމަތު ނާޒިޔާ އަދި ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާކަމުގެ މަގާމަށް ފާތިމަތު ނާސިހާ އަބްދުލް މުހައިމިން ޢައްޔަނު ކުރައްވާ މަގާމުގެ ލިޔުން ހަވާލު ކޮށްފައިވާ ކަމަށެވެ.

ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް އައްޔަން ކުރެއްވި އާޝިޔާ ލީލާ އަހުމަދު ޔުނިވާސިޓީއަށް 14 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ކަމަށެވެ. އާޝިޔާ ލީލާ އަހުމަދު ޔުނިވާސިޓީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޓީޗަރ އިންސްޓްރަކްޓާ އާއި އެސިސްޓަންޓް ލެކްޗަރާ އަދި ލެކްޗަރާ ކަން ހިމެނެއެވެ.

ކޮންޓްރޯލާ އޮފް އެގްޒަމިނޭޝަންސްގެ މަގާމަށް އައްޔަން ކުރެއްވި ފާތިމަތު ނާޒިޔާ 2016 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލާ އޮފް އެގްޒަމިިނޭޝަންސް މަގާމު ދަނީ ފުރުއްވަމުންނެވެ.

ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ފާތިމަތު ނާސިހާ، 2011 ގައި ޔުނިވާސޓީއާ ގުޅިވަޑައިގެން މިއަދާހަމަށް ލެކްޗަރާ އެއްގެ މަގާމް ފުރުވައްވާފައިވެއެވެ. އަދި ސެންޓާ ފޯ އޯޕަން ލަރިނިންގް ގައި އަހަރު ދުވަހު އެކްޓިން ޑީންގެ މަގާމު އަދާކުރެއްވިއެވެ.