ދިވެހި ސިނަމާ

ފިލްމު ކުޅެން ބޭނުންތަ، މި އޮތީ ފުރުސަތު!

Sep 11, 2020
1

އެކި މީހުން ކުރިއަށް ދާން ބޭނުން ވަނީ އެކި ދާއިރާތަކުންނެވެ. ބައެއް މީހުންނަކީ ފިލްމީ މަސައްކަތްތަކަށް ވަރަށް ލޯބިކުރާ މީހުނެވެ. މަޝްހޫރު ފިލްމީ ތަރިއަކަށް ވާން ހުވަފެން ދެކޭ މީހުން ވެސް ބައިވަރެވެ. އެކަމަކު ފިލްމަކުން ފުރުސަތު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

ފިލްމު ކުޅެން ޝައުގުވެރިވާ މީހުނަށް، ފިލްމީ ތަރިއަކަށް ވާން ބޭނުން މީހުނަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. މި ހާއްސަ ފުރުސަތު ހުޅުވާލީ "އައި ފިލްމްސް" އިންނެވެ. މިދިޔަ އަހަރު ދިވެހި ސިނަމާއަށް އައި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބުނު "ބަވަތި" އެއީ އައިފިލްމުސްގެ ފުރަތަމަ ފިލްމެވެ. އެ ސްޓޫޑިއޯއިން "ނީނާ" ގެ ނަމުގައި ދެވަނަ ފީޗާ ފިލްމެއް ވެސް ވަަނީ އުފައްދާފަ އެވެ.

މި އަހަރަށް ސްކްރީން ކުރަން އަމާޒުކުރި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ 2021 ގައެވެ. "'ނީނާ" އަކީ ވެސް ހިޓަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ

އައި ފިލްމްސްއިން މިހާރު ވެސް ދަނީ ސީރީޒެއްގެ މަސަކަތް ފަށަން ތައްޔާރު ވަމުންނެވެ. އަދި އެ ސްޓޫޑިއޯގެ ތިންވަނަ ފީޗާ ފިލްމުގެ މަސައްކަތް ފަށަން ވެސް އޮތީ ތައްޔާރުވެފަ އެވެ.

"އައި ފިލްމްސް" ގެ ކުރިއަށް އޮތް ދެ ޕްރޮޖެކްޓަކަށް ގިނަ ތަރިންތަކެއް ބޭނުން ވެއެވެ. އެހެންވެ ފިލްމު ކުޅެން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އޮތީ ހުޅުވާލާފަ އެވެ.

އުމުރުން، އަށް އަހަރާއި 60 އަހަރުގެ މީހުނަށް ވެސް ކުރިމަތި ލެވޭނެ އެވެ. ތަފާތު ކެރެކްޓާތަކަށް އެކި އުމުުރުގެ މީހުން ބޭނުން ވެއެވެ. އެ ފުރުސަތު ބޭނުންވާ މީހުންނަށް "ކާސްޓިން ކޯލް" ގެ ފުރުސަތު މިހާރު އޮތީ ދީފަ އެވެ. އައިފިލްމްސްގެ ފޭސްބުކް ޕޭޖް އާއި އިންސްޓަގްރާމް ޕޭޖަށް މެސެޖް ފޮނުވައިގެން ވެސް ޝައުގުވެރިކަން ފާޅު ކުުރެވޭނެ އެވެ.

އައި ފިލްމްސްގެ ވެރިޔާ އަދި "ބަތަވި" އާއި "ނީނާ" ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނީ މެސެޖުކުރާ މީހުންނަށް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭ އޮޑިޝަނަށް ގުޅާނެ ކަމަށާއި މިފަދަ ފުރުސަތެއް ހުޅުވާލީ އިންޑަސްޓްރީއަށް ނުކުންނަން ބޭނުންވާ އާ ފަންނާނުންނަށް ފުރުސަތު ދޭން ކަމަށެބެ.

"ބޭނުމަކީ އައި ފިލްމްސްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ރަނގަޅު ތަރިން ހޯދުން. އަދި އާ ކުދިންނަށް ފުރުސަތު ހޯދައި ދިނުން. މިހާރުވެސް ވަރަށް ގިނަ ބަޔަކު އެބަހުރި މެސެޖްކޮށްފައި. ވަރަށް އަވަހަށް... ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި އޮޑިޝަނަށް ގުޅާނެ،"

އިއްލެ ބުނި ގޮތުގައި މިވަގުތު އިންޑަސްޓްރީގައި ތިބި ފަންނާނުންނަށް ވެސް ފުުރުސަތު އެބައޮތް ކަމަށެވެ. އެ ސްޓޫޑިއޯގެ އާ ޕްރޮޖެކްޓްތަކުން އާ ތަރިންނާއި މިހާރު އިންޑަސްޓްރީގައި ތިބި ތަރިންނަށް ވެސް ފުރުސަތު ދޭނެ އެވެ.

"އިންޑަސްޓްރީގައި މިވަގުތު ތިބި ފަންނާނުންވެސް އިންޓްރެސްޓް ފާޅުކޮށް މެސެޖްކޮށްފައިވޭ... އެ ފުރުސަތު ދޭނަން އެ ފަންނާނުންނަށް ވެސް،"