ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 9 ލައްކައަަށް

ކޮރޯނާ ވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ. އަދި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 27.9 މިލިއަން އަށް އަރާފައި ވެއެވެ.

އެމެރިކާއަކީ މިބަލި އެންމެ ގިނަ މީހުންނަށް ޖެހިފައިވާ ގައުމެވެ. އެމެރިކާގައި މިހާރު 6.3 މިލިއަން މީހުންނަށް މިބަލި ޖެހިފައި ވެއެވެ. އަދި މަރުވި މީހުންގެ އަދަދު އެންމެ ގިނައީ ވެސް އެމެރިކާގަ އެވެ. އެމެރިކާގައި 190000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ބްރެޒިލް އިން ވަނީ 127000 މީހުން މަރުވެފަ އެވެ. އިންޑިއާ އިން 127000 މީހުން މަރުވެ ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިންޑިއާ ވެފައި ވެއެވެ.

ބުދަ ދުވަހު އިންޑިއާ އިން ބުނެފައިވާ ގޮތުގައި 95735 މީހުންނަށް އަލަށް ކޮވިޑް 19 ޖެހުނެވެ. މިއީ އެއްވެސް ގައުމެއްގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހިގެން ރިޕޯޓް ކުރެވުނު ދުވަަހެވެ. އިންޑިއާ މިހާރު ވެފައި ވަނީ ކޮވިޑް 19 ޖެހިގެން ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާ ގައުމަށެވެ. ވޭތުވެދިޔަ ދެ ހަފުތާގައި އިންޑިއާގައި އެވެރެޖްކޮށް ދުވާލަކު އެއްހާސް މީހުން ކޮވިޑް 19 ޖެހިގެން މަރުވި އެވެ.

އެމެރިކާ ބައްރަކީ މުޅި ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް 19 ބަލީގައި މީހުން މަރުވި ބައްރެވެ. މިގޮތުން މިހާތަނަށް މުޅި ދުނިޔެއިން މަރުވި މީހުން ގެ ދެބައިކުޅަ އެއްބައި މަރުވީ އެމެރިކާ ބައްރުުންނެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި ދުވާލަކު އެވެރެޖްކޮށް ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން 5600 މީހުން މަރުވެ އެވެ. މިދިޔަ ދެ ހަފުތާގައި ލިބުނު މައުލޫމާތަށް ބަލާއިރު އަށް ލައްކަ އިން ނުވަ ލައްކަ މީހުންނަށް ކޮވިޑްގެ މަރު، އަރަން ނެގީ 18 ދުވަހެވެ. އަދި ހަތް ލައްކަ އިން އަށް ލައްކަ މީހުންނަށް އުފުލެން ނެގީ 17 ދުވަހެވެ.

ސްޕޭނަކީ ހުޅަނގު ޔޫރަޕުން އެންމެ ފުރަތަމަ، ބައިމިލިއަން މީހުންނަށް ކޮވިޑް ޖެހުނު ގައުމެވެ. މިދިއަ ހޯމަދުވަހުގެ ނިޔަލަށް އެ ގައުމުން 552000 މީހުނަނަށް ކޮވިޑް ޖެހިފައި ވެއެވެ.