ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތު ޗުއްޓީއަށް ހާއްސަ ޕެކޭޖެއް

Sep 12, 2020

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތު ޗުއްޓީއެއް ހޭދަ ކޮށްލަން އަންނަން، 23,250 ޑޮލަރު (358،515 ރުފިޔާ) ގެ ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ޓްރެވަލްލެޝާ ސައިޓުގައިވާ ގޮތުން މަސައްކަތް ކުރެވޭނެ ފުރިހަމަ ވަސީލަތްތަކާއެކު ވިއްކާ މި ޕެކޭޖު ތައާރަފު ކޮށްފައި ވަނީ ރާއްޖޭގެ ނާޓުލެސް މޯލްޑިވްސް ރިސޯޓުގަ އެވެ. މި ޕެކޭޖް ނަގައިގެން އެ ރިސޯޓަށް ދާ މީހަކަށް ޕާސަަނަލް އެސިސްޓެންޓެއްގެ އިތުރުން ތަފާތު އެކި ބުއިންތައް ހިލޭ ލިބުމުގެ އިތުރުން ލަގްޒަރީ އެތައް ހިދުމަތެއް ލިބޭނެ އެވެ.

މި ޕެކޭޖު ނަގައިގެން ރާއްޖެ އަންނަ ޓޫރިސްޓަކަށް އެއް ހަފުތާ ހުރެވޭނެ އެވެ.

ކޮވިޑް-19 އަށްފަހު މި މަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވި މި ރިސޯޓަކީ ރާއްޖޭގެ އެންމެ ރީތި އެއް ރިސޯޓެވެ. ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ މި ރިސޯޓުން ދޭ މި ޕެކޭޖު ނަގައިގެން އަންނަ ޓޫރިސްޓަކަށް ގޭގައި ހުރެ މަސައްކަތް ކޮށްލުމުގެ އިހުސާސް ކުރެވޭނެ އެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ރިސޯޓުތައް މިހާރު ވަނީ ހުޅުވަން ފަށާފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ރާއްޖެއަށް ޓޫރިސްޓުން އާދެވޭނީ އައުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮތުމުން ކަމަށް ހަމަޖައްސާފަ އެވެ.