ވިޔަފާރި

މަޅު ދިވެހި މޮޅު ބްރޭންޑެއް: މިހާރު ރާއްޖޭން ބޭރުގައި

  • މިއީ ދިވެހި ސާފަރުންގެ މަގުބޫލް ބްރޭންޑެއް
  • މި ބްރޭންޑް މިހާރު ބާލީގައި ވެސް ވަނީ ވިއްކަން ފަށާފައި
  • މި ބްރޭންޑްގެ ބޭނުމަކީ ދިވެހި ގިނަ ސާފަރުން އުފެއްދުން

މޫދު ކުޅިވަރު ކުޅުންތެރިންނަށް ކުއިކް ސިލްވާއަކީ އާ ބްރޭންޑެއް ނޫނެވެ. އަދި އޮކްސްބޯގެ މޮޅުކަމެއް ވެސް އޮޅުވައެއް ނުލެވޭނެ އެވެ. ނަމަވެސް މި ފަހަރު ދުނިޔެއަށް މަޝްހޫރު ބްރޭންޑެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ ސާފަރުންގެ ދިވެހި ބްރޭންޑެއްގެ ވާހަކަ އެވެ. މިއީ "މަޅެ" އެވެ. ނަމަވެސް މި ބްރޭންޑުގެ ސާމާނު މިހާރު ބޭނުން ކުރަނީ ހަމައެކަނި ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދިވެހިންގެ "މަޅު" ބްރޭންޑް މިވަނީ ރާއްޖޭން ބޭރަށް ތައާރަފު ކުރެވިފަ އެވެ.

"މަޅު މި ބްރޭންޑުގެ ސާމާނު މިހާރު ވިއްކަނީ ހަމައެކަނި ރާއްޖޭގަައި އެކަންޏެއް ނޫން. އިންޑޮނޭޝިޔާގެ ބާލީގައި ވެސް މި ބްރޭންޑުގެ ސާމާނު ވިއްކަމުން ދޭ،" މަޅު ސާފް ސްކޫލްގެ މެނޭޖަރު ހުސެއިން ފަޔާޒު ބުންޏެވެ.

"މަޅު" ފުރަތަމަ އުފެދިގެން އައީ ރާޅާ އެޅުންތެރިންގެ ބޭނުންތަކާ ގުޅިގެންނެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުގައި ފުރަތަމަ ހުޅުވާފައިވާ "މަޅު، ސާފިން ސްކޫލް" އަކީ މީގެ ފެށުމެވެ. އެގޮތުން އެ ތަނުން ސާފަރުންނަށް ބޭނުންވާ ސާފިން ބޯޑު ކުއްޔަށް ދޫކުރެ އެވެ. "މަޅު" ބްރޭންޑުގެ ދަށުން ސާފަރުންގެ ގިނަ ސާމާނު ލިބެން ހުރެ އެވެ. މި ބްރޭންޑުގެ ޓީޝާޓް ހުރެ އެވެ. އަދި ސޯޓު ވެސް ހުރެ އެވެ.

"މަޅު ފުރަތަމަ އުފެދުނީ ހަތަރު ވަރަކަށް މީހުން ބައިވެގެން. މި ކަންތައް ފަށައި ގަނެގެން މިދަނީ،" ފަޔާޒު ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ބްރޭންޑެކޭ ބުނުމުން ބައެއް މީހުންނަށް ގަބޫލުކުރަން ދަތިވާ ކަމަށެވެ.

"ބައެއް މީހުންނަށް ރާއްޖެ ނޭނގެ. ބާލީއަށް ހޮލިޑޭއަށް ދާ މީހުން ބުނޭ ވަރަށް ފެނެއޭ ރާއްޖެ. ބައެއް މީހުން ބުނޭ ރާއްޖޭގައި އިންޑަސްޓްރިއަލް މަސައްކަތް ކުރޭހޭ. އެގޮތަށް މި ސާމާނުތައް ފެނިފައި މީހުން ހައިރާންވޭ،" ފަޔާޒު ބުންޏެވެ.

"މަޅު" ސާފް ސްކޫލް: ޒުވާން ސާފަރުންނަށް އިތުރު ފުރުސަތުތައް

ރާއްޖެއަކީ ސާފިންނަށް ގިނަ ފުރުސަތަކެއް އޮތް ގައުމެކެވެ. އެހެންކަމުން "މަޅު" ސާފިން ސްކޫލުން ވަނީ ޒުވާން ސާފަރުން ތަމްރީން ކުރުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެ ގޮތުން ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ގިނަ ކްލާސްތަކެއް ވެސް ހިންގަ އެވެ.

"ގާތްގަނޑަކަށް ހަތަރު އަހަރުން ފެށިގެން 26 އަހަރުގެ މީހުން ވެސް ސާފިންނަށް ވަރަށް ޝައުފުވެރިކަން ހުރޭ. ކުދިންނަށް ވާގޮތަކީ އެ ކުދިން އެކްޓިވިޓީގައި އިންވޯލްކުރާލެއް ބޮޑު ކަމުން ކުރިއަށް ދާންވީ ކޮން ދާއިރާއެއްގައި ކަމެއް ނޭނގެނީ. އެހެންނޫންނަމަ ގިނަ ބަޔަކު މިކަމުގައި އުޅޭނެ،" ފަޔާޒު ބުންޏެވެ.

އޭނާ ބުނީ ބެލެނިވެރިން މި ކަމަށް ހާއްސަ ސަމާލު ކަމެއް ދޭނަމަ ރަނގަޅު ސާފަރުންތަކެއް ރާއްޖޭގައި އުފެދޭނެ ކަމަށެވެ.

"ކުރިން ސާފިން މި އޮންނަނީ ވަކަރުގޭ ކުދިންގެ ކަމެއްގެ ގޮތުގައި ކަމަށް ބުނޭ. އެހެން މީހުން ކިޔަނީވެސް ކިޔަނީ. އޭރު ނުކިޔަވާ ކުދިންކޮޅެއް އުޅޭ ކަމެކޭ ކިޔަނީ. ނަމަވެސް މިހާރު ސާފިންގައި މި އުޅެނީ މިކަމުގެ ހުނަރު ހުރި ކުދިން،" ފަޔާޒު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު މި ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ޕްރޮފެޝަނަލުން ކަމަށެވެ.

"މިހާރު މަހަކު 20 ވަރަކަށް ކުދިންނަށް ރާޅާ އަޅަން ދަސްކޮށްދެވޭ. މިއީ ވަރަށް ބޮޑު އުފަލެއް،" ފަޔާޒު ބުންޏެވެ.

މިއަދު "މަޅު" ބްރޭންޑުގެ ސާފިން ބޯޑު ކުއްޔަށް ވެސް ދޫކުރެ އެވެ. އެގޮތުން ރިސޯޓްތަކާއި މާލޭގައިވެސް މިހާރު ކުއްޔަށް ދޫކުރެ އެވެ. "މަޅު" މިހާރު ވެފައި މިވަނީ ދިވެހި ސާފަރުން ކުރިއަރުވާ ސްކޫލެއްގެ ގޮތުގަ އެވެ. ދިވެހިން ފަހުރުވެރިވާނެ ބްރޭންޑެއްގެ ގޮތުގަ އެވެ.