ހަބަރު

ރަން ފޯ މޯލްޑިވްސް: އަވަސްއާއެކު ގިނަ ޕާޓްނަރުންތަކެއް

އަގު ބޮޑެތި އިނާމުތަކާއެކު މި މަހު ބާއްވާ، އިންޓަނޭޝަނަލް ވާޗުއަލް ދުވުމެއް ކަމަށްވާ، "ރަން މޯލްޑިވްސް" އަށް އަވަސް އާއެކު ގިނަ ޕާޓްނަރުން ތަކެއް ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 ވަނަ ދުވަހަށް ޔުނީކްސް ސްޕޯޓްސް އިން އިންތިޒާމު ކުރާ މި ދުވުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނާނެ އެވެ. ދުވުން ކުރިއަށް ދާނީ ވާޗުއަލްކޮށް އެ މީހަކު ހުރި ތަނަކުން ބައިވެރިވޭ ގޮތަށެވެ.

މި ދުވުމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އިން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގައި ހިންގާ މަޝްހޫރު ގިނަ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުން ބައިވެރިވެފައި ވެއެވެ. އިވެންޓުން ހޮވޭ 20 ފަރާތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލަކީޑްރޯގައި ދެ ލައްކަ ޑޮލަރުގެ އިންޝުއަރެންސް ކަވަރޭޖެއް ދޭނެ އެވެ. ދުވުން ނޮވެމްބަރު 11 އިގެ ނިޔަލަށް ދެމިގެން ދާނެ އެވެ.

އިވެންޓުގެ ޕާޓްނަރުން

  • އޮންލައިން މީޑިއާ ޕާޓްނަރު: އަވަސް އޮންލައިން
  • މީޑިއާ ޕާޓްނަރު: ޕީއެސްއެމް
  • އިންޝުއަރެންސް ޕާޓްނަރު: ސޮލަރެލް
  • އެއާލައިން ޕާޓްނަރު: ޓީއެމްއޭ
  • އެސޯސިއޭޓް ޕާޓްނަރު: އެމްއެޗްއާރުޕީ، މުކާސް، ޕިޓްކޮން
  • އަދާރަން ރިިސޯޓް
  • ހެރިޓެންސް އާރަށް
  • އަމާޔާ ރިސޯޓް
  • އަމިއްލަ ފުށި
  • އެރީނާ ހޮޓެލްސް
  • ދުސިތު ތާނީ މޯލްޑިވްސް
  • ރޮބިންސަން ކްލަބް މޯލްޑިވްސް
  • ސައި ލެގޫން މޯލްޑިވްސް
  • ދަ މެރީނާ- ކްރޮސްރޯޑް
  • ހާޑްރޮކް މޯލްޑިވްސް
  • ކަނުހުރާ މޯލްޑިވްސް
  • ޕުލްމަން ހޮޓެލްސް އެންޑް ރިސޯޓް
  • އަނަންތާރާ މޯލްޑިވްސް
  • ޖޯލި މޯލްޑިވްސް
  • ލަކްސް ސައުތު ރައިއެޓޯލް
  • ކްރޮސްރޯޑް މޯލްޑިވްސް
  • މާކިއޯ ހޮޓެލް މޯލްޑިވްސް ކޫއްޑޫ
  • ސީޒަން ޕެރަޑައިޒް، ސީޒަން ހޮލިޑޭސް

ބައިވެރިވުމުގެ ފުރުސަތު 20 ގެ ނިޔަލަށް

މި ދުވުމުގައި ބައިވެރިވާން ކުޑަ ފީއެއް ނަގާނެ އެވެ. ރާއްޖެއިން މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް ފުރުސަތު އޮންނާނެ އެވެ. މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރުން ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ.

ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ދުވުމުގެ ހަތަރު ގިންތި އަށް ވެސް ނަން ދީފައި ވަނީ ރާއްޖެއާ ގުޅުވައިގެންނެވެ. ދުވުމުގެ 5.5 ކިލޯ މީޓަރަށް ކިޔަނީ "ސިޓީ ލިންކް" އެވެ. އަދި 16 ކިލޯ މީޓަރަކީ "އައްޑޫ ލިންކް" އެވެ. އަދި 21 ކިލޯ މީޓަރަކީ "ލާމު ލިންކް" އެވެ. މީގެ އިތުރުން އިތުރުން 870 ކިލޯ މީޓަރަށް ދީފައިވާ ނަމަކީ "ރާއްޖެ ލިންކް" އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މެޑަލް ގެއަށް ފޮނުވައިދޭނެ އެވެ.

ރަން ފޯ މޯލްޑިވްސްގެ ރޭސް ޑިރެކްޓަރަކީ ރާއްޖޭގެ މަޝްހޫރު ދިގުވުވުންތެރިއެއް ކަމަށްވާ އަހުމަދު ޝަރަފު އެވެ.