މަސްތުވާތަކެއްޗާއެކު ދެ ރަށަކުން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ގއ. ކޮނޑޭ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ށ. ފޯކައިދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކުވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ކޮނޑޭ އިން މީހަކު ހައްޔަރު ކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. އަދި އެރަށުގެ ގެއެއް ބަލާ ފާސްކުރި އިރު އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައި ވެއެވެ.
ފޯކައިދުއަށް މަސްތިވާތަކެތި ގެންދަން އުޅުނު މީހާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ފޯކައިދުއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެނެވެ.