ގދ. ތިނަދޫގައި އެވިޑް ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފި އެވެ.
އެވިޑް ކޮލެޖުން ބުނީ ކުރިން ތިނަދޫގައި ކޯސްތައް ހިންގަމުން އައީ އިމާރާތްތައް ކުއްޔަށް ހިފައިގެން ކަމަށާއި ނަމަވެސް މިހާރު އަމިއްލަ ކެމްޕަހެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ހުޅުވާފައިވަނީ އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނަދޫ ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމުގެ ހިދުމަތް ދެމުންގެންދާ ބޮޑު އަމިއްލަ އެއް ކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަ އެވެ.