ދުނިޔެ

"ބޮޑުވަޒީރު އުޅުއްވަނީ އިނގިރޭސީން ލަދުގަންނަވަން"

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ޕާލަމެންޓަށް ހުށާއަޅުއްވާ އިންޓާނަލް މާކެޓް ބިލަށް ދެކޮޅު ހަަދަން ކުރީގެ ދެ ބޮޑު ވަޒީރުން ކަމުގައިވާ ޖޯން މޭޖާ އާއި ޓޯނީ ބްލެއާ ޕާލަމެންޓުގެ މެމްބަރުންނަށް ގޮވާލައްވައިފި އެވެ.

އެ ދެ ބޭފުޅުން ވެސް ގޮވާލެއްވީ "ބްރެކްޒިޓް ވިތްޑްރޯވަލް އެގްރީމެންޓަ" ށް ބަދަލުތަކެއް ގެނައުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށައެޅުއްވުމާއި ދެކޮޅު ހެއްދެވުމަށާއި އެއީ ބޮޑު ވަޒީރުގެ ފަރާތްޕުޅުން އަންނަ ލަދުވެތި އަމަލެއް ކަމަށެވެ. އަދި އިދާޅުވީ ބޮޑު ވަޒީރު އުޅުއް ވަނީ އިނގިރޭސީން ލަދުގަންނަވަން ކަމަށެވެ.

އިންޓާނަލް މާކެޓް ބިލް މިއަދު ޕާލަމެންޓަށް ހުށަހަޅުއްވާނެ އެވެ. މި ބިލުން ކުރިން އިނގިރޭސި ވިލާތާއި އީޔޫއާ ދެމެދު މިއަހަރު އެއްބަސްވެފައިވާ "ވިތްޑްރޯވަލް އެގްރީމެންޓަ" ށް ހުރަސް އެޅޭނެ އެވެ. އެ ބިލް ގައި ވަނީ ނޯދަން އަޔަލޭންޑް ޕްރޮޓޮކޯލްގެ ދަށުން ހަރުކަށި އުސޫލުތަކެއް ބޯޑާ ހުރަސް ކުރުމުގައި ގެންގުޅުމަށެވެ

މި ބިލް ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ އިނގިރޭސި ވިލާތާއި ނޯދަަން އަޔަލޭންޑާއި ދެމެދު މުދާ އުފުލުމުގެ ހަރަކާތްތަކުގެ ގަވާއިދަށް ބަދަލުގެނައުމާއި އުވާލުމުގެ ބާރު އިނގިރޭސި ސަރުކާރުގެ މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ. އިނގިރޭސިވިލާތާއި އީޔޫ އަށް ވިޔަފާރީގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ މި ބިލަށް އަމަލު ކުރެވެން ފަށާނީ އަންނަ ޖެނުއަަރީ މަހުގެ އެއްވަނަ ދުވަހު އެވެ
.
ޖޯން މޭޖާ އާއި ޓޮނީ ބްލެއާ ވިދާޅުވީ އިނގިރޭސި ސަރުކާރުގެ ނިންމުންތަކަކީ ޒިންމާދާރުކަން ކުޑަ އުސޫލެއް ނެތް ނުރައްކާތެރި ނިންމުމެއް ކަމަށެވެ. އަދި މުއާހަދާގައި ނިންމާފައިވާ ކަންތަކަކީ ޑޮމެސްޓިކް ގާނޫނެއްހާ މުހިންމު އެއްޗެއް ކަމަށެވެ. އެހެންވުމުގެ ސަބަބުން އާ ބިލާއި ދެކޮޅު ހަދަން މެމްބަރުން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ،

ކުރީގެ ދެ ބޮޑުވަޒީރުންނަކީ ބްރެކްޒިޓް ނުވަތަ އިނގިރެސި ވިލާތް އީޔޫން ވަކިވުމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ދެ ބޭފުޅުންނެވެ