ވިޔަފާރި

ބަޖެޓު މުރާޖައާކޮށް އަލުން މަޖިލީހަށް

Sep 13, 2020
1

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓު އަލުން ރިވައިޒްކޮށް، ރައްޔިތުން މަޖިލީހަށް ހުށަހަޅަން ފިނޭންސް މިނިސްޓްރީ އިން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަޖިލިސް އަލުން ހުޅުވުނުހާ އަވަހަށް ބަޖެޓު އަލުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ކުރިން ވެސް ވަނީ ފިނޭންސުން މި އަހަރު ބަޖެޓު ރިވައިޒް ކުރާނެކަމަށް ބުނެފައެވެ.

އެ މިނިސްޓްރީން ދަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި އަހަރަށް ލަފާކޮށް ފާސްކޮށް ހަރަދު ކުރަމުން ގެންދަނީ 37 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. މި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް 29 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ގެ ގޮތުގައި މި އަހަރު ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ޓޫރިޒަމް ހީނަރުވެފައިވާތީ މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ އަށް ބިލިއަން ރުފިޔާ އެވެ.