ކުޅިވަރު

ޔޫއެސް އޯޕަންއިން ޖޮކޮވިޗަށް ފިލާވަޅެއް

ޔޫއެސް އޯޕަންއިން ޑިސް ކޮލިފައި ވުމުން ބޮޑު ފިލާވަޅެއް ދަސްވެއްޖެ ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވޯކް ޖޮކޮވިޗް ބުނެފި އެވެ.

ޔޫއެސް އޯޕަންގެ މެޗެއްގައި ލައިން ބަލަހައްޓާ އޮފިޝަލެއްގެ ގައިގައި ބޯޅައިން ޖެހުމުން، ޖޮކޮވިޗް ވަނީ އެ މުބާރާތުން ޑިސްކޮލިފައި ކޮށްފަ އެވެ. އެއް ހަފުތާ ކުރިން ހިނގާ ދިޔަ އެ ހާދިސާ އާއެކު ޖޮކޮވިޗް މޮޅު ވަމުން އައި ޓްރެކް 29 މެޗަށް ފަހު ނިމިގެން ދިޔައީ އެވެ. އަދި 18 ވަނަ ފަހަރަށް ގްރޭންޑް ސްލޭމް ހޯދަން ލިބުނު ފުރުސަތުވެސް އަތުން ދޫވީ އެވެ.

ޔޫއެސް އޯޕަންގައި ސްޕެއިންގެ ޕަބެލޯ ކެރޯނޯ ބުސްޓާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓުން ޖޮކޮވިޗް ބަލިވުމުން، އެކަމާ ހިތް ނުތަނަވަސްވެ، އޭނަ ވަނީ އޭނާގެ ޖީބުގައި އޮތް ބޯޅަ ނަގައި ފަހަތަށް ޖަހާފަ އެވެ. ބޯޅަ ގޮސް ޖެހުނީ ފަހަތުގައި ހުރި ލައިން ޖަޖުގެ ކަރުމަތީގަ އެވެ. ލައިން ޖަޖަށް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އޭނާއަށް އެހީވާން ޖޮކޮވިޗް ވެސް ދިޔަ އެވެ.

މެޗުގެ އޮފިޝަލުންނާ ވާހަކަ ދެއްކުމަށް ފަހު ޖޮކޮވިޗް ވަނީ ކޯޓުން ފައިބައިގެން ގޮސްފަ އެވެ. އޭނާ ވަނީ އޭނާއަށް ހެދުނު ގޯހަށް މާފަށް އެދިފަ އެވެ.

އިޓާލިއަން އޯޕަން އާ މިއަދު ވާހަކަ ދައްކަމުން، ޖޮކޮވިޗް ބުނީ ޔޫއެސް އޯޕަންގައި ހިނގާދިޔަ ކަންތައްތަކުން އޭނާއަށް ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެފަދަ ކަމެއް ނުފެންނާނެ ކަމަށެވެ.

"ފިޒިކަލީ މަސައްކަތް ކުރާ ވަރަށް މެންޓަލީ އަދި އިމޯޝަނަލީވެސް އަހަރެން ބުރަކޮށް މަސައްކަތް ކުރަން އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ މީޑިއާއަށް ދިން އިންޓަވިއުގައި ޖޮކޮވިޗް ބުންޏެވެ. "ކޯޓުން ބޭރުގައިވެސް އަދި ކޯޓުގައި އަހަރެން މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭތޯ.