ހަބަރު

ވިހެއުމުގެ ދެ ޕެކޭޖެއް ޓްރީޓޮޕުން ތައާރަފްކޮށްފި

ވިހެއުމާއި ސިޒޭރިއަން އަދި ކުއްޖާގެ ސިއްހީ ޗެކަޕް ހިމެނޭ ގޮތަށް ހާއްސަ ޕެކޭޖްތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ތައާރަފުކުރި މި ޕެކޭޖުތަކުގައި ހިމެނެނީ ނޯމަލް ޑެލިވަރީ ޕެކޭޖަކާއި އިލެކްޓިވް ސިޒޭރިއަން ސެކްޝަން ޑެލިވަރީ ޕެޖޭޖެކެވެ. މި ދެ ޕެކޭޖްގައި ކުއްޖާއަށް ހާއްސަ ސިއްހީ ސްކްރީނިން ހިމަނާފައި ވެއެވެ. މި ޕެކޭޖުތަކާއެކު ކޮންސަލްޓަންޓް އަދި މިޑްވައިފް ކެއާގެ ހިދުމަތް ވެސް ދޭނެ އެވެ.

ޓްރީޓޮޕްގެ ނޯމަލް ޑެލިވަރީ ޕެކޭޖުގެ އަގަކީ 16،000 ރުފިޔާ އެވެ. އިލެކްޓިވް ސީ-ސެކްޝަން ޑެލިވަރީ ޕެކޭޖުގެ އަގަކީ 27،500 ރުފިޔާ އެވެ. މި ޕެކޭޖުތައް ނެގުމުގެ ފުރުސަތު މިއަހަރުގެ ނިޔަލަށް އޮންނާނެ އެވެ.

މި ޕެކޭޖްތަކުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓްވިން ޝެއާރިން ރޫމެއްގައި ހުރުމާއި ކެއުމާއި ނާސިން ކެއާ އަދި އޮބްސްޓެޓްރިކްސް، ޕީޑިއަޓްރިކްސް، ނިއޯނެޓޮލޮޖީ އަދި ގައިނައިކޮލޮޖީގެ އެންމެ ފެންވަރު ރަނގަޅު ކޮންސަލްޓެންޓުންގެ ރޫޓިން ވިޒިޓްސްގެ ކަންކަން ހަމަޖައްސައިދޭނެ އެވެ. އަދު ނޯމަލް ޑެލިވަރީ ޕެކޭޖުން ހޮސްޕިޓަލުގައި ދެ ދުވަހުގެ ހުރުން ލިބޭއިރު ސީ-ސެކްޝަން ޕެކޭޖުން ތިން ދުވަހާ ހަމައަށް ހުރުން ހަމަޖައްސައިދޭނެ އެވެ.

މީގެ އިތުރުން ވިހެއުމަށް ފަހު ޖަހަން ޖެހޭ ވެކްސިންތައް ހިމެނޭ ނިއުބޯން ހެލްތުކެއާ ޕްރޮގްރާމުގެ ހިދުމަތް ވެސް މި ދެ ޕެކޭޖާއެކު ލިބެ އެވެ. ތުއްތު ކުއްޖާ ހިތުގެ ބަލިތަކަށް ސްކްރީން ކުރުމާއި ލޭގެ ގްރޫޕް އަދި މިނޫން ވެސް ބޭސިކް ލޭގެ ސްކްރީނިން އާއި އަޑު އެހުމުގެ ސްކްރީން އާއި ކެޓަރެކްޓް ސްކްރީނިންއަކީ ވެސް މި ޕެކޭޖުތަކާއެކު ލިބެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން އަމަލު ކުރަމުން ދަނީ ތުއްތުކުދިންނަށް ގާތުން ކިރު ދިނުމާއި ގުޅޭގޮތުން ޔުނިސެފާއި ޑަބްލިއުއެޗްއޯ އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގައިޑްލައިނާ އެއްގޮތަށެވެ.