ރައްޔިތުންގެ މަޖިލިސް

ދެ ކޮމިޝަަނަކަށް ނަން ފޮނުވައިފި

Sep 15, 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަގާމުން އަހުމަދު ސުލައިމާން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން އޯގަސްޓް 9، 2020 ގައި އޭނާ އެ މަގާމުން ވަކިކުރައްވާފައިވާތީއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރެއްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވަކިކުރައްވާފައިވާތީއެވެ.

މި ސަރުކާރު އައިފަހުން ގިނަ ކޮމިޝަންތަކެއްގެ މެންބަރުން ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން އެޗްއާރުސީއެމްއާއި އެންއައިސީގައި ކުރިން ތިއްބެވި ހުރިހާ މެންބަަރުން ކަހަލަ ގޮތަކަށް ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި ސީއެސްސީއާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ގިނަ މެންބަރުންވެސް ވަނީ މަގާމުން ދުރުކޮށް އައު މެންބަރުން އައްޔަން ކޮށްފައެވެ.