ހަބަރު

ޖަލު ހަމަނުޖެހުމާއި ޝައިމްގެ މައުލޫމާތު ކެބިނެޓަށް

މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސް: ޖަލު ހަމަނުޖެހުމާއި ޝައިމްގެ މައްސަލަ މިއަދު ކެބިނެޓްގައި ހިއްސާ ކުރި -- ފޮޓޯ: ރައީސް އޮފީސް
0%
100%
0%

ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި ކުޑަކުއްޖަކު ގެއްލުނު މައްސަލައިގެ މައުލޫމާތާއި، މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގެ މަައުލޫމާތު ވަޒީރުންގެ މަޖިލީހުގައި މިއަދު ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު ޝައިމް އަބްދުﷲ ގެ މައުލޫމާތު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައި ކަމަށެވެ. އަދި، މާފުށީ ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު ވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ކެބިނެޓު ބައްދަލު ވުމުގައި ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރިތާ މިއަދަށް ހަފުތާ އެއް ވާނެ އެވެ. ހިޔާގެ ބެލުމުގެ ދަށުގައި ހުރި އެ ކުއްޖާ ގެއްލި ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެ އެވެ. ޝައިމް ހޯދަން މިހާތަނަށް، ޝައިމްގެ ދެ ފޮޓޯ އެއް އާއްމުކޮށް ފުލުހުން ވަނީ ތިން ގެއެެއް ބަލައި ފާސްކޮށްފަ އެވެ. އަދި، ސީސީޓީވީ ފުޓޭޖު ބަލައިގެން މަސައްކަތްކުރާ ކަމަށްވެސް ބުނެފައި ވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ހަ އޮފިސަރަކާއި ހަ ގައިދީއަކަށް އަނިޔާވި އެވެ. މި ހަމަނުޖެހުން މައިތިރިކުރުމުގައި ޖަލުގައި ތިބި އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ޖަލު ކޮމާންޑަރަކު ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލަ މަޖިލީހާއި އެޗްއާރްސީއެމުންވެސް ދަނީ ބަލަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުފާސާ

ކޮންމެހެން މައްސަލަ ބަލާކަމަށް ހަދާ ކޮމިޓީތަކަށް މައްސަލަ ފޮނުވުމގެ ބޭނުމެއްނެތް.ފުރަތަމަ ކަމަކަށް ކުއްޖާ ގެއްލުނީވެސް ހަމަ ސަރުކާރުގެ ފަރުވާ ކުޑަކަމުން

ރާއްޖެ

ހުރިހާ ކަމެއް ވެ ނިމުނީމަ މި ކަލޭގެއަށް ޚަބަރެއްވެސް ވަނީ. ޢޭގެ ކުރިން ރޫހާނީ ލީޑަރ މައްސަލަ ބަލާ ނިންމައިފި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345