ހަބަރު

މަކުނުދޫ ނެރު މައްޗަށް ސަޕްލައި ދޯންޏެއް އަރައިފި

Sep 16, 2020

ހދ. މަކުނުދޫ ނެރު މައްޗަށް ސަޕްލައި ދޯންޏެއް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ނަމޫނާ 8" ނަމަކަށް ކިޔާ 85 ފޫޓުގެ ދޯނި އެ އަތޮޅު ވައިކަރަދޫއަށް ދާން މަކުނުދޫން ނުކުންނަން އުޅުމުގެ ތެރޭގައި އެ ރަށުގެ ނެރު މައްޗަށް އަރައިގެން ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.

ހިލަ އާއި ސިމެންތި އަދި ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ވަނީ އެ މުދަލުން ބައެއް މަކުނުދޫއަށް ބާލާފައި ކަމަށާއި، ނެރު މައްޗަށް އަރާފައި ވަނީ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެ ދޯނީގެ ތިބި މީހުން މަކުނުދޫއަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.