ނޭމާ

ނޭމާއަށް ބޮޑު ސަސްޕެންޝަނެއް އައުން ކައިރި

ޕީއެސްޖީ އާއި އޮލިމްޕިކް މާސޭ ބައްދަލު ކުރި މެޗުގައި، ޕީއެސްޖީ ފޯވަޑް ނޭމާ ޖުނީއާ، މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒްގެ ގައިގައި ޖެހުމުން ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑު ވެއްޖެ އެވެ.

ފްރާންސްގެ ކްލެސިކޭގެ ނަމުން މަޝްހޫރު ވެފައިވާ ޕީއެސްޖީ އާއި މާސޭގެ ކުރިމަތިލުމަކީ އަބަދުވެސް ފޯރިގަދަ ކުރިމަތިލުންތަކެކެވެ. މި ހަފުތާގައި އެ ޓީމު ދެ ޓީމު ބައްދަލު ކުރި މެޗުގެ އެންމެ ފަހުވަގުތުގައި ފަސް ކުޅުންތެރިންނަށް ރަތް ކާޑު ދެއްކި އެވެ.

އޭގެ ތެރޭގައި ނޭމާވެސް ހިމެނެ އެވެ. ނާމާއަށް ރަތް ކާޑު ދެއްކި އަލްވާރޯގެގައި ގައި ޖެހުމުންނެވެ. ދަނޑުން ފައިބައިގެން ދަމުން ބަދަލު ރެފްރީ ގާތު ނޭމާ ބުނީ، އަލްވާރޯގެ ފަރާތުން ނަސްލީ ގޮތުން ދިމާކުރުން ކުރިމަތިވި ކަމަށެވެ. އޭނާގެ ގައިގައި ޖެހީ އެހެންވެ ކަމަށް ނޭމާ ބުންޏެވެ.

ރަތް ކާޑު ދެއްކުމުން އެއް މެޗަށް ސަސްޕެންޑް ވާއިރު، އަލްވާރޯގެ ގައިގައި ޖެހުމުން ނޭމާ ސަސްޕެންޝަން ބޮޑުވާނެ އެވެ. ބެލެވިފައި ވަނީ ހަތް މެޗުގެ ސަސްޕެންޝަނެއް އޭނާއަށް ކުރިމަތިވާނެ ކަމަށެވެ. ދާދި ފަހުން ކޮވިޑް-19 އިން ރަނގަޅުވި ނޭމާ ސަސްޕެންޑް ވުމަކީ ޕީއެސްޖީއަށް ކުރިމަތި ވާނެ މައްސަލަ އެކެވެ.

ފްރާންސް ލީގްގައި ކުޅުނު ދެ މެޗުންވެސް ޕީއެސްޖީ ވަނީ ބަލި ވެފަ އެވެ.