ހޯނޑެއްދޫ

ހޯނޑެއްދޫ: ޕޮޒިޓިވް އަދަދު 44 އަށް

ގދ. ހޯނޑެއްދޫއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 44 އަށް އަރާފައެވެ.

މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ. ހޯނޑެއްދޫ ސިއްހީ މަރުކަޒުން ބުނީ އިތުރު ދެ މީހަކު ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު 44 އަށް އަރާފައިވާ ކަމަށެވެ. އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށްފައިވެއެވެ. އަދި ޕޮޒިޓިވްވި 36 މީހަކު އެ ރަށުގައި އެބަތިއްބެވެ.

އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅޭ ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެ ގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ. އެ ރަށައް ބަލި ދިޔައީ ކިހިނެތްކަން އަދި ހޯދިފައިނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.