ހަބަރު

ނަޝީދު ހާޒިރުކޮށް ނުދިނުމުން ޝަރީއަތް ކެންސަލް

Oct 12, 2015

ވަގުތު ނެތް ކަމަށް ބުނެ، ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަރެކްޝަނުން މިއަދު ހާޒިރު ކޮށް ނުދިނުމުން މިއަދު ބާއްވަން އޮތް މައްސަލަ ކެންސަލް ވެއްޖެ އެވެ.

މިއަދު 11:00 އަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުކޮށްދޭން އަމުރުކުރީ އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު އާއިލާގެ ބޭފުޅުންނަށް ދީފައިނުވާތީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތަށެވެ.

ނަޝީދު މިއަދު ސިވިލް ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ކަރެކްޝަނުން އެނގީ ނަޝީދު ހާޒިރުކުރަން އަމުރު ލިބުނު ގަޑިއާއި ކޯޓަށް ހާޒިރުކުރަން ޖެހޭ ގަޑިއާ ދެމެދު އޮތީ އެއްގަޑިއިރުގެ ވަގުތު ދީފައި އޮތުމުން ކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ. ކަރެކްޝަނުން ބުނެފައި ވަނީ އެހެން ރަށެއްގައި ހުންނަވާ ބޭފުޅަކު އެކަށީގެންވާ ވަގުތު ނުލިބި ކޯޓަށް ހާޒިރުކޮށްދެވެން ނެތީ ކަމަށެވެ.