ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރީތިފަރު ރިސޯޓް އަލުން ހުޅުވައިފި

Sep 19, 2020

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރުމަށް ފަހު، ރީތި ފަރު ރިސޯޓް އަލުން ހުޅުވައިފި އެވެ.

ރ. އަތޮޅުގައި ހިންގާ ރީތިފަރު ރިސޯޓުން ބުނި ގޮތުގައި އެ ރިސޯޓު އަލުން ހުޅުވާފައި ވަނީ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށެވެ. މީގެ އިތުރުން އެ ރިސޯޓުން އަލުން ހުޅުވިއިރު ޕީސީއާރު ޓެސްޓް ކުރުމުގެ އިންތިޒާމު ވެސް އެ ރިސޯޓުން ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް ރާއްޖޭގެ 70 އަށްވުރެ ގިނަ ރިސޯޓު ވަނީ ހުޅުވާފަ އެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް އަލުން ހުޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހު އެވެ. ބޯޑަރު އަލުން ހުޅުވާލި ނަމަވެސް މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 9،000 އެއްހާ ޓޫރިސްޓުންނެވެ.