ދުނިޔެ

ޗައިނާއިން ހަނގުރާންމަތީ ބޯޓުތައް ޓައިވާނާ ކައިރިއަށް

ޗައިނާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ޓައިވާންގެ ސަރަހައްދާއި ކައިރިއަށް ޖަމާވެ އުދުހެން ފަށައިފި އެވެ. މިއީ ޗައިނާގެ ބޯޓުތައް ޓައިވާން ކައިރިއަށް މި ގޮތަށް ޖަމާކޮށް އުދުއްސާ ދެވަނަ ދުވަހެވެ. އިއްޔެ ދިމާވީ ޓައިވާންގެ އަވަހާރަވެފައިވާ ކުރީގެ ރައީސް ލީ ޓެންގް ހުއިއަށް އެންމެ ފަހުގެ އިހުތިރާމް އަދާ ކުރުމުގެ ގޮތުން ޓައިވާންގެ ރައީސް އާއި ސަރުކާރުގެ އިސްވެރިން އަދި އެމެރިކާގެ މަންދޫބު ހަނދާނީ ޖަލްސާއެއް ބޭއެވި ދުވަހާ އެވެ.

ޓައިވާންގެ ޑިފެނެސް މިނިސްޓްރީން ބުނި ގޮތުގައި ޗައިނާގެ ސިފައިންގެ "ތަމްރީނު" ތަކުގައި 19 މަތިންދާ ބޯޓު ބައިވެރިވެފައި ވެއެވެ. މިއީ އޭގެ ކުރީ ދުވަހުގެ ތަމްރީނުތަކުގައި ބައިވެރިވި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިތަނުން ބައެއް މަތިންދާ ބޯޓުތައް ވަނީ ޓައިވާންގެ ދެކުނުގެ ވައިގެ ދިފާއީ އޭރިއާ ހުރަސް ކޮށްފައި ވެސް ވެއެވެ.

ޓައިވާނުން ބުނާ ގޮތުގައި އެ ގައުމުގެ ސަރަހައްދާއި ކައިރިއަށް ޗައިނާ އިން ފޮނުވީ ޖޭ މަރުކާގެ ހަނގުރާމަ މަތީ 16 މަތިންދާ ބޯޓާއި އެޗް6 ގެެެ ބޮން އަޅާ ދެ ބޯޓަކާއި ވައިގެ މަގުން ސަބްމެރީނަށް ހަމަލަދޭ އަށް ބޯޓެކެވެ. ބޯޓުތައް ޖަމާ ކުރި ނަމަވެސް އެއްވެސް ބޯޓެއް ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާކަމަށާއި ބޭނުމަކީ ރުޅި އެރުވުން ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީީން ބުނެ އެވެ.

ޓައިވާން ގެ ރަސްމީ އެއާ ފޯސް އާރްއޯސީ.އޭއެފުން ބުނެފައިވަނީ އެ ގައުމުން ޗައިނާގެ އަސްކަރީ މަތިންދާބޯޓު ތަކުގެ ހަރަކާތްތައް ބެލުމަށް އެއާ ޑިފެންސް މިސައިލް ސިސްޓަމް ގެ ބޭނުން ކޮށްފައިވާ ކަމަށާއި ޗައިނާ އިން ދަނީ ޓައިވާން ރުޅިއަރުވަން މަސައްކަތް ކުރަމުން ކަމަށެވެ. އޭގެ ސަބަބުބު ސުލްހައަށް ހުރަސް އެޅޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޗައިނާގެ މި އަމަލު ވަރަށް ބޮޑަށް ކުއްވެރިކޮށް ޗައިނާގެ އަމަލްތައް ކޮންޓްރޯލްކޮށް ޓައިވާން ގެ ސަރަހައްދާއި ކައިރީގައި އަސްކަރީ ތަމްރީނު ހެދުން ހުއްޓާލަން ވެސް ޓައިވާނުން ވަނީ ގޮވާލާފަ އެވެ.

ހުކުރު ދުވަހު ޗައިނާ އިން ވަނީ ޓައިވާން ސަރަހައްދާއި ކައިރީގައި އަސްކަރީ ތަމްރީން ތަކެއް ބާޢްވަން އުޅޭ ކަމަށް އިއުލާނެއް ކޮށްފައެވެ އަދި ބުނެފައި ވަނީ ޓައިވާނުން އެމެރިކާއާއެކު ސިއްރު ގުޅުމެއް ބާއްވައި ޗައިނާއާ ދެކޮޅަށް ރޭވުންތަކެއް ރާވަމުން ގެންދާ ކަމަށެވެ.