ކުޅިވަރު

100 ޕަސެންޓް ރެކޯޑެއް ބޭނުން: ހޮޖްސަން

ޔޫރޯ ކޮލިފައިން ނިންމާލަން ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވެގެން ކަމަށް އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ މުހިންމު ކުޅުންތެރިންތަކަކާ ނުލައި ކޮލިފައިންގެ ފަހު މެޗުގައި މިރޭ ލިތުއޭނިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ. މި މެޗަށް ނުކުންނައިރު ވެސް އިނގިރޭސިން ވަނީ އަންނަ އަހަރު ފްރާންސްގައި ބާއްވާ މުބާރާތަށް ކޮލިފައިވެފަ އެވެ.

"އަހަރުމެންނަށް މި އޮތީ ވަރަށް ޝައުގުވެރިކުރުވަނި މެޗެއް. މި މެޗަށް އަހަރުމެން ތައްޔާރު. މެޗުން މޮޅުވާން އަހަރުމެންގެ ލެވެލްގައި ކުޅެންޖެހޭ. އަހަރުމެން ލިތުއޭނިޔާ އަށް އިހުތިރާމްކުރަން. އެމީހުން ސްލޮވީނިއާއާއެކު ޑްރޯކުރި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. ވަރަށް އޮގަނައިޒް ޓީމަކާ އަހަރުމެން ކުޅެން މިޖެހެނީ،" 10 ޕޮއިންޓާއެކު ޓޭބަލުގެ ފަހަތުން ދެ ވަނާގައިވާ ލިތުއޭނިއާއާ ބެހޭ ގޮތުން ކޯޗު ހޮޖްސަން ބުންޏެވެ.

މި މެޗަށް ނުކުންނައިރު އިނގިރޭސީން ޓޭބަލުގެ ކުރީގައިވަނީ 27 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގަ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން މި މެޗުގައި ކެޕްޓަން ވޭން ރޫނީ އާއ ގޯލްކީޕަރު ޖޯހާޓް އާއި ގެރީ ކާހިލް އާއި މައިކަލް ކަރިކް ޖޭމްސް މިލްނާ މެޗުގައި ނުކުޅޭނެ އެވެ މިހެންވެ މިރޭ ކެޕްޓަންކަން ކުރާނީ އެވަޓަންގެ ޑިފެންޑަރު ފިލް ޖެގެއިލްކާ އެވެ. ކީޕަރަށް ކުޅެނީ ސްޓޯޚް ސިޓީގެ ޖެކް ބަޓްލޭންޑެވެ. ސްވަންސީގެ ޖޮންޖޯ ޝެލްވޭ އަށް ވެސް މިރޭ ފުރަތަމަ 11އިން ޖާގަ ލިބޭނެ އެވެ.

އަނެއްކޮޅުން ލިތުއޭނިއާގައި ކުޅޭ މިރޭގެ މެޗު އާޓިފިޝަލް ޓާފް ދަނޑެއްގައި ކުޅުނު ނަމަވެސް އެއީ މެޗުން މޮޅުވާން އޮތް ހުރަހެއްނޫން ކަމަށް ވެސް ހޮޖްސަން ވަނީ ބުނެފަ އެވެ.